theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް މުއިއްޒު އަދި ފިޝަރީޒް މިނިސްޓަރު ޝިޔާމް، މަސްވެރިންގެ ގުންޒަރުގައި / ޕީއެސްއެމް
ހަބަރު
އީޔޫ އާއި އިނގިރޭސިވިލާތުން މިފްކޯ ބްލެކްލިސްޓުކުރި ކަމަށް ރިޕޯޓުކުރުމުން ދޮގުކޮށްފި
11 ޖުލައި 2025
މާލެ ސިޓީ

އީޔޫ އާއި އިނގިރޭސިވިލާތުން މިފްކޯ ބްލެކްލިސްޓުކުރި ކަމަށް ރިޕޯޓުކުރުމުން ދޮގުކޮށްފިއެވެ.

އީޔޫ އަދި ޔޫކޭއިން މިފްކޯ ބްލެކުލިސްޓުކޮށްފައިވަނީ އޯޑިޓު ފެއިލިޔަރ އަކާ ގުޅިގެން ކަމަށް ތޭރަ އޮންލައިން އިން ރިޕޯޓުކުރުމުން އެކަން ދޮގުކުރައްވާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، އެއީ ދޮގެއް ކަމަށެވެ. އަދި ވިދާޅުވީ ޔޫކެގެ ހުރިހާ ބަޔަރުން ވެސް މަސް ގަންނަ ކަމަށާ އެއްވެސް ބަޔަރަކު މަސް ނުގަނެ ނެތް ކަމަށެވެ. އަދި ކުންފުނިތަކުން އަބަދުވެސް އޮޑިޓު ހަނދާނެ ކަމަށާ އެއީ ވިޔަފާރިތަކުގައި ކަން އޮންނަ ގޮތް ކަމަށެވެ.

ޝިޔާމް މިކަން ދޮގުކުރި ނަމަވެސް، މި ނޫހަށް ވަރަށް މުއުތަބަރުކޮށް މައުލޫމާތު ލިބިފައިވާ ގޮތުގައި އީޔޫ އަދި ޔޫކޭގެ ބަޔަރުން ވަނީ މިފްކޯ ބޭންކޮށް ބްލެކްލިސްޓުކޮށްފައެވެ. ސަބަބެއްގެ ގޮތުގައި ވަނީ ފެލިވަރުގެ އޮޑިޓެއްގައި މައްސަލއެއް ދިމާވެ ފެއިލްވުމެވެ. އަދި އެކަން ރަގަޅުކުރަން މި ސަރުކާރުން އެއްވެސް ވަރަކަށް މަސައްކަތްނުކުރާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި މި ޚަބަރު ދޮގު ކުރީ ސީދާ ރައީސް މުހައްމަދު މުއިއްޒުގެ ޕްރެޝަރާ ހެދިކަމަށްވެސް ވެއެވެ.

މިފްކޯއަށް ފިޔަވަޅު އަޅާފައިވަނީ ހިއުމަން ޓްރެފިކިންގ ފަދަ ސީރިއަސް ތުހުމަތުތަކެއްގައިކަން ވެސް މި ނޫހަށް ވަނީ ކަށަވަރުވެފައެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved