theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
2019 ވަނަ އަހަރު އެންސިސް ކުންފުނިން ހުޅުމާލޭގައި ހުޅުވި ކެނިންގ ފެކްޓްރީ / ވިކިޕީޑިއާ
ހަބަރު
އެންސިސް މަސް ފެކްޓްރީ މިފްކޯއިން ގަންނަނީ
Sudha Latheef
ސުދާ ލަތީފް
10 އޯގަސްޓު 2025
މާލެ ސިޓީ

އެންސިސް ފިޝަރީޒް އިން ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހުޅުމާލޭގައި ހިންގި ކޭނަރީ ގަތުމަށް މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ބުނެފި އެވެ.

އެންސިސްގެ ކޭނަރީ ގަތުމަށްޓަކައި ހަދަންޖެހޭ ދިރާސާތައް ވެސް މިހާރު ނިމިފައިވާ ކަމަށް މިފްކޯއިން ހޮނިހިރު ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މިވަގުތު ކުރިއަށްދަނީ ކޭނަރީ ގަތުމުގެ ނެގޯޝިއޭޝަންތައް ކަމަށް ވެސް މިފްކޯއިން ވަނީ ބުނެފައެވެ.

އެންސިސްގެ ކޭނަރީއަކީ ގާތްގަނޑަށް 25 މިލިއަން ޑޮލަރު ހަރަދުކޮށްގެން ޖަރުމަނުގެ ޑިވެލޮޕްމަންޓް ބޭންކުން ފަންޑު ހޯދައިގެން ހަދާފައިވާ އީޔޫ އެޕްރޫވްޑް ފެކްޓަރީއެކެވެ.

2019 ވަނަ އަހަރު ހުޅުވި އެ ކޭނަރީ ހުއްޓުނީ 2023 ވަނަ އަހަރު، މިފްކޯއިން މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރުމުންނެވެ. އެހެންވެ އެ ކޭނަރީ ހުއްޓިފައި އޮންނަތާ ދޮޅު އަހަރު ވެއްޖެއެވެ.

މިފްކޯ އިން ނެރުނު ބަޔާނުގައި ބުނީ އެ ކުންފުންޏަށް ދަތިތައް ދިމާވި މައިގަނޑު ސަބަބަކީ މަސް ގަތުމަށް ބޭނުންކުރާ އުޅަނދުފަހަރާއި، އެ ކުންފުނީގެ މެޝިނަރީ ފަދަ މުހިންމު އާލާތްތައް މަރާމާތުކޮށް ބެލެހެއްޓުން ބޮޑުތަނުން ލަސްވުން ކަމަށެވެ.

މިހާރު މަސް ޕްރޮސެސް ނުކުރި ނަމަވެސް، އެންސިސް އިން އަދިވެސް މަސް ބޭރުކުރެއެވެ. އެ ކުންފުނިން މަސް އެކްސްޕޯޓު ކުރާ ގައުމުތަކުގެ ތެރޭގައި ވިއެޓްނާމް، ތައިލެންޑު އަދި މޮރިޝަސް ހިމެނޭ ކަމަށް އެނގިފައިވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved