theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ވެލާނާ އެއާޕޯޓު ހިންގަން ބޭރުގެ ބަޔަކަށް ދޫކޮށްލަނީ / ސޯޝަލް މީޑިއާ
ހަބަރު
އެއާޕޯޓުން ބައެއް ބޭރުގެ ބަޔަކަށް ދޭން މުއިއްޒު ރާވާކަމުގެ އަޑުތަކެއް!
Mariyam Isaadha
މަރިޔަމް އިސާދާ
03 ޖުލައި 2025
މާލެ ސިޓީ

ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ވީއައިޕީ  ޓާމިނަލް ހިންގަން ބޭރުގެ ބަކަށް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިއްޖެެއެވެ.

"ތޭރަ އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ޖައްސާ ޖެޓްތަކަށް ހިދުމަތް ދިނުން ހިމެނޭހެން ވީއައިއޭގެ ވީއައިޕީ ޓާމިނަލް ހިންގަން ބޭރުގެ ކުންފުންޏަކާ ހަވާލުކުރަން މަޝްވަރާ ކުރަން ދިވެހި ސަރުކާރުން ވަނީ ފަށާފައެވެ.

ދިވެހި ސަރުކާރުން މަޝްވަރާތައް ކުރެވެމުން ދަނީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ ޖެޓެކްސް ކިޔާ ކުންފުންޏަކާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޖެޓެކްސް ކުންފުނިން އެމްއޭސީއެލްއަށް ފޮނުވައި މިހާރު މަޝްވަރާކުރަމުން އަންނަ ޕްރޮޕޯސަލް ކަރުދާސް ކަމަށްވާ ކަރުދާހުގައި ވާ ގޮތުން އެއާޕޯޓުގައި އާ ވީއައިޕީ ޓާމިނަލެއް ހަދައި ހިންގުމަށް ޖެޓެކްސްއަށް އެއާޕޯޓުން 10،000 އަކަފޫޓުގެ ބިމެއް ދޭން ޖެހޭނެ ކަމަށާ، އެއްބަސްވުމުގެ މުއްދަތު ކަމަށްވާ 25 އަހަރުގެ ތެރޭ 25 މިލިއަން ޑޮލަރު އެ ކުންފުނިން އެއާޕޯޓަށް އިންވެސްޓްކުރަން ޖެހޭނެ ކަމުގެ އިތުރުން އެއާޕޯޓުން ޖެކްތަކަށް ދޭ ހުރިހާ ހިދުމަތްތަކެއް ތެޔޮ އެޅުން ހިމެނޭ ގޮތުން ދޭނީ ޖެޓެކްސްއިން  އަދި  ވީއައިޕީ ޓާމިނަލް ހިންގުމުގެ ހުރިހާ ކަމެއް ކުރާނީ އެ ކުންފުނިން ކަމަށް ވެސް ވެއެވެ.

މީގެ އިތުރުން އެމްއޭސީއެލްއާ އެކު ކުރި މަޝްވަރާތަކަށް ފަހު ޖެޓެކްސްއިން ވަނީ ފައިނަލް ޕްރޮޕޯސަލް އެއްވެސް އެކުލަވާލާފައިވެއެވެ. ޖެޓެކްސްއިން ވީއައޭގައި ދޭ ހިދުމަތްތަކުން އަހަރަކު ލިބޭ އާމްދަނީގެ %55 އެމްއޭސީއެލްއަށް ދޭން ޖެހެ އެވެ. އަދި އެ އަދަދު 5 މިލިއަން ޑޮލަރަށް ވުރެ ކުޑަވެގެން ނުވާނޭ ކަމަށް ވެސް ޕްރޮޕޯސަލްގައި ހިމަނާފައިވެއެވެ.

7 އަހަރު ދުވަސް ތެރޭ ޖެޓެކްސްއަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އާއި ހަރަދުގެ ހިސާބުތައް ވެސް ޕްރޮޕޯސަލްގައި ހިމަނާފައިވާއިރު އެ ޕްރޮޕޯސަލުގައި ވާގޮތުން، ހަތް އަހަރުގެ ޖުމްލަ އާމްދަނީ (ލަފާކުރާ): 65 މިލިއަން ޑޮލަރު، ހަރަދުގެ ގޮތުގައި ހިނގާނީ (ލަފާކުރާ): 12.4 މިލިއަން ޑޮލަރު، ސާފު ފައިދާ (ލަފާކުރާ): 4.1 މިލިއަން ޑޮލަރު އެވެ

ހަތް އަހަރު ދުވަސް ތެރޭ އެެމްއޭސީއެލްއަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 38.5 މިލިއަން ޑޮލަރެވެ.

ހަމަ އެހެންމެ، އާ ވީއައިޕީ ޓާމިނަލް ޖެޓެކްސްއަށް ހެދެން ދެން އެ ކުންފުންޏަށް މިހާރުގެ ވީއައިޕީ ޓާމިނަލުން ދެ ފްލޯއެއް ދިނުމަށް އަންނަނީ  މަޝްވަރާކުރަމުންނެވެ. އެގޮތުން އާ ވީއައިޕީ ޓާމިނަލްއާ އެކު ޖެޓްތައް ޕާކްކުރާނޭ ރޭމްޕް ހަދަން ދެން މިހާރު ހުރި ރޭމްޕުން 10،000 އަކަފޫޓްގެ ސަރަހައްދެއް އެ ކުންފުންޏަށް ދޭން ޖެހެ އެވެ. އަދި ގުރައުންޑް ހޭންޑްލިންއަށް ބޭނުންވާ ސާމާނު ޖެޓެކްސްއިން ހޯދަން ދެން އެމްއޭސީއެލްއިން މިހާރު ބޭނުންކުރާ އާލާތްތައް ވެސް އެ ކުންފުންޏަށް ދޭން ޖެހެއެވެ.

މިކަމާ ގުޅިގެން އެމްއެއޭސީއެލްގެ ބަހެއް ލިބޭތޯ ކުރި މަސައްކަތްވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ. އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ވެސް ރާއްޖޭގެ މައި އެއާޕޯޓު ހިންގުމުގެ ނަމުގައި އިންޑިއާގެ ކުންފުންޏަކަށް ދިނެވެ. އެތައް މިލިއަނުން ބަދަލު ދިނުމަށް ފަހު ދިވެހިންގެ އެއާޕޯޓު ދިވެހިންނަށް ހޮއްދަވާ ދެއްވީ ރައީސް އަބްދުﷲ ޔާމީންގެ ނުހަނު ބުރަ މަސައްކަތުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved