March 12, 2026
Advertisement
ޑްރޯން ޝޯގެ މަންޒަރެއް
ޑްރޯން ޝޯގެ މަންޒަރެއް / ނިޝާން އަލީ

ޑްރޯން ޝޯގައި ބޭނުންކުރި ޑްރޯންތަކުގެ ކޮންޓްރޯލު ގެއްލި އެތަން މިތަނަށް ވެއްޓެނީ!

Jul 27, 2025, 05:21 AM
މާލެ ސިޓީ

އައު ޓާމިނަލް ހުޅުވަން ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޭއްވި ޑްރޯން ޝޯގައި ބޭނުންކުރި ޑްރޯންތަކުގެ ކޮންޓްރޯލު ގެއްލި އެތަން މިތަނަށް ވެއްޓެމުން ދާކަމަށް އަޑުތަކެއް ފެތުރިއްޖެއެވެ.

Advertisement

ސޯޝަލް މީޑިޔާގައި ވީޑިއޯއާ އެކު އާންމު ފަރުދަކު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިރޭގެ ޝޯގައި ބޭނުންކުރި އެތައް ސަތޭކަ ޑްރޯންތަކެއްގެ ކޮންޓްރޯލު އެމްއޭސީއެލްގެ މުވައްޒަފުންނަށް ގެއްލިފައިވާ ކަމަށާ މިހާރު ޑްރޯންތައް ދަނީ އެ ތަން މިތަނަށް ވެއްޓެމުން ކަމަށެވެ.

އެގޮތުން އެމީހާ ވަނީ މޫދަށް ވެސް ބައެއް ޑްރޯނު ވެއްޓޭ މަންޒަރާ އަދި އެއާޕޯޓުގެ އެކި ސަރަހައްދުތަކަށްވެސް ޑްރޯން ވެއްޓެމުންދާ މަންޒަރު ފެންނަ ވީޑިއޯ ހިއްސާކޮށްފައެވެ.

މިކަމާ ގުޅިގެން ކަމާ ގުޅުން ހުރި އިދާރާއެއްގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved