theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހީމް ޝަރީފް / ތޭރަ އޮންލައިން
ހަބަރު
އެމްއޭސީއެލުން މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ އެކު މުވައްޒަފުންނަށް އެތައް ތަކުލީފެއް!
01 އޯގަސްޓު 2025
މާލެ ސިޓީ

މޯލްޑިވްސް އެއާޕޯޓުސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ އެކު މުވައްޒަފުންނަށް އެކަމުން އެތައް ތަކުލީފެއް އުފުލަން ޖެހިފައިވާކަން ހާމަވެއްޖެއެވެ.

މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު މައުލޫމާތު އެނގޭ މީހަކު "ތޭރަ އޮންލައިން"އަށް މައުލޫމާތު ދީފައިވާ ގޮތުގައި މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހެނީ އެންމެ އާދައިގެ މުވައްޒަފުން ނުވަޔަ ޖޫނިއަރ ލެވެލްގެ މުވައްޒަފުންނެވެ.

އެގޮތުން މުސާރައިގެ ދެބައި ކޮށްފައި އެއްބަޔަކީ މިހާރު "އެޓެންޑެންސް" އެލަވަންސްގެ ގޮތުގައި ކަނޑައަޅަފއި އިންނަ އެއްޗެއް ކަމަށާ އެ އެލަވަންސް ލިބޭނީ ވަޒީފާއަށް ޙާޒިރުވާ ދުވަސްތަކަށް އެކަނި ކަމަށް ކަނޑައަޅާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް މި ޝަރުތު އެޕްލައިވަނީ އެސިސްޓެންޓު މެނޭޖަރ ލެވެލްއިން ދަށު މަގާމުތަކުގެ މުވައްޒަފުންނަށް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މީގެ އިތުރުން މެޓާނިޓީ ނޫނޫ ޕެޓާނިޓީ ލީވްގައި ތިބޭ މުވައްޒަފުންގެ އެ ދުވަސްތައްވެސް ގުނަނީ، "ޙާޒިރު ނުވާ" ދުވަހެއްގެ ގޮތުގައި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އެހެންކަމުން އެ ލީވްތަކުގައި ތިބޭ މުވައްޒަފުންނަށް އެ ދުވަސްތަކަށްވެސް މުސާރަ ނުލިބޭނެ ކަމަށް ވެއެވެ. އަދި މިއީ އާއިލާއަކަށް ފައިސާގެ ބޭނުން ޖެހޭނެ އެންމެ މުހިއްމު އެއް ވަގުތުގައި ޖެހޭނެ ތަކުލީފަކަށް ވާނެ ކަމަށްވެސް އެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

މުސާރައިގެ އޮނިގަނޑަށް މިގެނައި ބަދަލަކީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ލަތީފުގެ ބެލުމުގެ ދަށުން ކަމަށާ މިކަމުގައި އާދައިގެ މުވައްޒަފުންނަށް ޖެހޭ ތަކުލީފަށް އިންސާފު ހޯދައިދިނުމަށް ވެސް ވަނީ ގޮވާލާފައެވެ.

މިގެނައި ބަދަލާއެކު އެ ބަޔާންކޮށްފައިވާ ހާލަތްތަކުގައި އެސިސްޓެންޓް އޮފިސަރގެ މަގާމުގައި ހުންނަ މީހަކަށް ގެއަށް ގެންދަން ލިބޭނީ އެންމެ -/6960 ރުފިޔާއެވެ. އެއީ މުސާރައިގެ ދެބައިކޮށްފައި އެއްބަޔަކީ އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ނިންމުމާ އެކު ލީވްގައި ތިބެގެން އޮފީހަށް ހާޒިރު ނުވާނެތީއެވެ.

މިބަދަލުން ހާމަކޮށްދެނީ، އެމްޑީޕީ ސަރުކާރުން ތައާރަފްކުރި 6 މަހުގެ މެޓާނިޓީ ލީވްއަށް މި ސަރުކާރުން ތާއީދުނުކުރާކަން ކަމަށްވެސް މައުލޫމާތު ދިން ފަރާތުން ހާމަކޮށްފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved