March 12, 2026
Advertisement
-
- / ތޭރަ އޮންލައިން

ވައިގެ ސަރަހައްދު އިތުރު އެއް ގަޑިއިރަށް ބަންދުކޮށް 06 ފްލައިޓެއް ނުޖެއްސި ޝެޑިއުލްއަށް ބުރޫ އަރައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 27, 2025, 04:29 AM
މާލެ ސިޓީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ މިނާސަބަތާި ގުޅިގެން ވައިގެ ސަރަހައްދު ހުޅުވަން ބުނި ވަގުތަށް ވުރެ ގަޑިއިރެއް ފާއިތުވެގެން ދިޔަ އިރުވެސް ހުޅުވާފައި ނުވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Advertisement

މިކަމާއި ގުޅިގެން އެ ވަގުތު 06 ފްލައިޓެއް ރަންވޭއަށް ނުޖެއްސި ފްލައިޓް ޝެޑިއުލްއަށް ވަނީ ބުރޫ އަރާފައެވެ.

މިރޭ 22:00 ގައި ހުޅުވާނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވީ ނަމަވެސް، ފްލައިޓްތައް ނުޖެއްސި ޑިލޭތައް ވުމުން އާންމުންވަނީ ސަރުކާރަށް ނުރުހުން ފާޅުކޮށްފައެވެ.

މިގޮތުން، ސިންގަޕޯރ އެއާލައިންސް، އެމިރޭޓްސް އަދި އިންޑިގޯގެ ފްލައިޓްތައް ލޭންޑް ނުކުރެވި ރާއްޖޭގެ ވައިގެ ސަރަހައްދުގައި އެތައް އިރަކު މަޑުކުރަން ޖެހިފައިވެއެވެ.

އަދި މޯލްޑިވިއަން ފްލައިޓް 156 ވެސް ވަނީ އެހެން ދިމާލަކަށް ޑައިވަރޓް ކުރަން ޖެހިފައި ކަމަށް މައުލޫމާތު ލިބެއެވެ.

އާ ޓާމިނަލް ހުޅުވުމުގެ މުނާސަބަތާއި ގުޅިގެން ސަރުކާރުން ވަނީ 18 ސަރަހައްދެއްގައި 06 މިނެޓަށް ހަވާ އަރުވާ އެއާލައިން އިންޑަސްޓްރީއަށް ބޮޑެތި ތަކުލީފުތައް ޖައްސުވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved