July 13, 2026
Advertisement
އަނބިދަރިން ވިއްކާ ހިސާބަށް އާންމު މީހާގެ ހާލަތު ގޮސްފި: ރައީސް ޔާމީން
އަނބިދަރިން ވިއްކާ ހިސާބަށް އާންމު މީހާގެ ހާލަތު ގޮސްފި: ރައީސް ޔާމީން / ތޭރަ އޮންލައިން

އަނބިދަރިން ވިއްކާ ހިސާބަށް އާންމު މީހާގެ ހާލަތު ގޮސްފި: ރައީސް ޔާމީން

Jul 12, 2026, 02:07 PM
މާލެ ސިޓީ

ގައުމުގައި އާންމު ރައްޔިތުން ތިބީ އަނބިދަރިން ވިއްކާ ހިސާބަށް ހާލަތު ދެރަވެފައި ކަމަށް ޕީއެންއެފްގެ ރައީސް، ރައީސ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ފްރޮންޓު އޮފީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ގައުމުގެ ކަންކަން ރަގަޅު ކުރަން އައިސް ތިބި ޕީއެންްސީ ސަރުކާރުން ގެންދަނީ ގޯހަކަށް ފަހު ގޯހެއް ހަދަމުން ކަމަށާ އެގޮތުން މިހާރުވެސް ގައުމު އޮތީ ދަރަނީގެ ދަންތުރައެއްގައި ކޮރަޕްޝަންގެ ހާއްޔެއްގައި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސް މުއިއްޒު ދައުރު ނިމެންދެން ވެރިކަމުގައި ހުންނަވައިފިނަމަ ގައުމަށް ލިބޭ ގެއްލުން ނުހަނު ބޮޑުވާނެ ކަމަށެވެ. އަދި ގައުމުގެ ހާލަތު ދުވަހަކުވެސް ދަށަށް ނުދާހާ މިންވަރަކަށް މިހާރު ދަށަށް ގޮސްފައިވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ހާލަތު ސިފަކޮށްދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އާންމު ރައްޔިތުން ތިބީ އަނބި ދަރިން ވެސް ވިއްކާހާ ހާލަތު ދެރަވެފައި ކަމަށާ ނަމަވެސް، ވެރިންނަށް އެކަމުގައި އެއްވެސް އުނދަގުލެއް އަދި ދަތިކަމެއް ނެތް ކަމަށެވެ.

ސަރުކާރުގެ ވަޒީފާތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، އާދައިގެ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށެވެ. ނަމަވެސް، ކޮރަޕްޝަން ހިންގުމަށް މަގުފަހިވާ ގޮތަށް އާއިލީ ގުޅުން އޮންނަ މީހުންނަށް އަދިވެސް ވަޒީފާ ދެމުންދާކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved