
އަޚްލާގީ މިންގަޑު ކަނޑއަޅަން މިހާރު ހަވާލުވެފައި އޮންނަނީ އިލެކްޝަން ކޮމިޝަންއާތޯ އައްސަވާ ރައީސް އަބްދުﷲ ޔާމީންގެ ވަރުގަދަ ރައްދެއް އިލެކްޝަން ކޮމިޝަންގެ ރައީސް މުހައްމަދު ޝަކީލަށް އަމާޒުކުރައްވައިފިއެވެ.
ރައީސް ޔާމީންގެ ރައްދެއް ޝަކީލަށް އަމާޒުކުރެއްވީ އީސީގެ ރައީށްގެ މަގާމާ ހަވާލުވެ މީޑިޔާއަކަށް ދެއްވި އިންޓަވިއުއެއްގައި، "ސިޠާސީ ޕާޓީތަކުން އަޚްލާގީ ގޮތުން ދަށު ދަރަޖައިގެ ހަރަކާތްތައް ހިންގާ ނަމަ ކޮމިޝަންގެ ެއްބާރުލުން ނުލިބޭނެ" ކަމަށް ވިދާޅުވި ވިދާޅުވުމަށް އިޝާރާތްކުރައްވާ ޕިއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ޝަކީލުގެ ފަތިފުށް ނޭނގޭ މީހަކު ޕީއެންއެފްގެ ތެރޭގައި ނެތް ކަމަށާ، ޕީެންއެފުން ޝަކީލު ގާތު ގާނޫނުން ބޭރު ކަމަކަށް އެހިއަށް ނޭދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ޕީއެންއެފްގެ މެމްބަރުން މިހާރު އީފާސް މެދުވެރިކޮށް ވައްދަމުންދާއިރު އެ ޕާޓީގެ މެމްބަރުން އުނިވަމުންދާ ގޮތުގެ ތަފްސީލު ޝަކީލު އެ ޕާޓިއަށް ދެއްވަން ވާނެ ކަމަށާ، އީސީއަށް ޝަކީލު އައްޔަންކުރީ ޝަކީލަކީ އީސީއަށް ފަރިތަ މީހަކަށް ވުމުން ކަން އެންމެވެސް ދަންނަ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، އަޚްލާގީ މިންގަޑު ކަނޑައަޅަނީ މިހާރު އީސީއިން ކަމާމެދުވެސް ސުވާލު އުފެދޭ ކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމީން ވަނީ މީގެ ކުރިން ޕީއެންސީއިން ބަންޑެލި ބަންޑެލިން މެމްބަރުން ވައްދަމުން ދިޔައިރު މިހާރު އެ ޕާޓީއަށް އެ ވަރަށް މެމްބަރުން ނުވަންނަނީ ކީއްވެކަމާ މެދު ވެސް ސުވާލު އުފައްދަޥާ އެކަމުގެ ފަހަތުގައި އޮތީ މަކަރާ ހީލަތް ކަމަށް ތުހުމަތު ކުރައްވާފައެވެ.










