July 15, 2026
Advertisement
ފުލުހުން ނުބަލާ އިހުމާލާ އެކު ދޫކޮށްފައި ހުރި މައްސަލަތައް ބަލާނަން ފިޔަވަޅު ވެސް އަޅާނަން: ރައީސް ޔާމީން
ފުލުހުން ނުބަލާ އިހުމާލާ އެކު ދޫކޮށްފައި ހުރި މައްސަލަތައް ބަލާނަން ފިޔަވަޅު ވެސް އަޅާނަން: ރައީސް ޔާމީން / ތޭރަ އޮންލައިން

ފުލުހުން ނުބަލާ އިހުމާލާ އެކު ދޫކޮށްފައި ހުރި މައްސަލަތައް ބަލާނަން ފިޔަވަޅު ވެސް އަޅާނަން: ރައީސް ޔާމީން

Jul 13, 2026, 08:54 PM
މާލެ ސިޓީ

މިދިޔަ ދައުރުގައިވެސް މި ދައުރުގައި ވެސް ވެރިންގެ ބިރަށް ފުލުހުން ނުބަލާ ދޫކޮށްލާފައި ހުރި ަމއްސަލަަތައް ބަލާ އިހުމާލުވެފައިވާ ފަރާތްތަކާ މެދު އެމަނިކުފާނުގެ ވެރިކަމެއްގައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ދެއްވައިފިއެވެ.

Advertisement

ރައީސް ޔާމީންގެ މިފަދަ އިންޒާރެއް ފުލުހުންނަށް އަމާޒުކުރެއްވި އާދިއްތަ ދުވަހުގެރޭ އޮތް ފްރޮންޓު އޮފީސް ޖަލްސާގައެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ވެރިކަމުގައިވެސް އަދި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ވެސް އެތައް މައްސަލައެއް ފުލުހުންގެ ތަހުގީގުގެ ތެރެއިން އޮއްބާލާ ފައިލްކޮށްފައިވާ ކަމަށާ އޭގެ ތެރޭގައި ގައުމީ މަސްލަހަޓާ ގުޅުން އޮތް އެތައް މައްސަލައެއް ހިމެނޭ ކަމަށެވެ. ބަފަލުގައި ސަރުކާރުތަކުގެ ވެރިން ބޭނުންވާ ބަޔަކު ފްރޭމުކޮށް ދައުވާތައް އުފުލާ ޖަލަށް ހުކުމްވެސް ކުރާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ ރައީސް އިބޫގެ ވެރިކަމުގައި އެމަނިކުފާނާ މެދު ކަންކުރެއްވި ގޮތަށް އިޝާރާތްކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުގައިވެސް ފުލުހުންގެ ތެރެއިން ބޮޑެތި ގޯސްތައް ހަދަމުންދާ މަންޒަރު ފެންނަމުންދާ ކަމަށާ އެގޮތުން ނ. ހޮޅުދޫގައި މަރުވި ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގާ، ދިރިއުޅެމުން ދިޔަ ގޭގެ ބެލްކަނީއިން ވެއްޓި މަރުވި ވިފާގު އިބްރާހިމު އަދުނާނުގެ މަރުގެ ތަހުގީގާ އަދި ފުރާޅެއް މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގުވެސް އޮތީ ހުއްޓިފައިކަން ފާހަގަކުރައްވާ ރައިސް ޔާމީްނ ވިދޅާުވި، އެއިން ކޮންމެ މައްސަލައެއްގެ ފަހަތުގައި ވެސް އޮތީ ބޮޑުންގެ މަސްލަހަތުކަމަށްވުމުން އެކަންކަން ނުފޫޒުން ހުއްޓުވާފައި އޮތީ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ނަމަވެސް އަބަދު ވެރިކަމުގައި ދެމިތިޞޭނެ އެއްވެސް ވެރިއަކު ނުހުންނާނެ ކަމަށާ އެހެންކަމުން ފުލުހުންވެސް ވެރިންގެ ޣައިރު ގާނޫނީ އަމުރަށް ބޯލަނބަން ނުޖެހޭ ކަމަށެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ގައުމުގެ ވެރިންނާ މުއައްސަސާތަކުގެ ވެރިން ބަދަލުވާނެ ކަމަށާ، ދައުލަތް އޭގެ ގޮތުގައި ދެމި އޮންނާނެ ކަމަށެވެ އެހެންކަމުން ގާނޫނު އަރާ އެންމެންނާ ވެސް ހަމަކުރާނެ ކަމުގެ އިންޒާރު އެމަނިކުފާނު ވަނީ ދެއްވާފައެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved