April 15, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ކެބިނެޓު އާކުރިއިރު ޑިފެންސް މިނިސްޓަރަކު ނެތް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 14, 2026, 09:45 PM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓަށް މިއަދު ގެންނެވި ބޮޑު ބަދަލާއެކު، 10 ވަޒީރަކު މަގާމުން ވަނީ ވަކިކޮށްފައެވެ. މި ބަދަލާއެކު ކެބިނެޓުގައި ހިމެނޭ ވަޒީރުންގެ އަދަދު 20 އިން 15 އަށް ވަނީ މަދުވެފައެވެ.

Advertisement

މިރޭ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި 12 ވަޒީރަކު މަގާމުގެ ހުވާ ކުރެއްވި ނަމަވެސް، އޭގެ ތެރޭގައި ޑިފެންސް މިނިސްޓަރަކު ހިމެނިވަޑައެއް ނުގަންނަވައެވެ. ކުރިން އެ މަގާމުގައި ހުންނެވި މުޙައްމަދު ޣައްސާން މައުމޫނަކީ މިއަދު މަގާމުން ވަކިކުރެއްވި 10 ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިއަދު ހުވާކުރެއްވި ބޭފުޅުންގެ އިތުރުން ބަންޑާރަ ނައިބު އަޙްމަދު އުޝާމް އާއި އިތުރު ދެ ވުޒާރާއެއްގެ ވަޒީރުން ކެބިނެޓުގައި ހިމެނިވަޑައިގަންނަވާނެއެވެ. އަދި ދެން ކެބިނެޓުގައި ހިމެނިވަޑައިގަންނަވާނީ ޑިފެންސް މިނިސްޓަރު ކަމަށް ލަފާކުރެވެއެވެ.

މިއަދު ވަޒީރުކަމުގެ ހުވާކުރެއްވި ބޭފުޅުން:

މިއަދު މަގާމުން ވަކިކުރެއްވި ވަޒީރުންގެ ތެރޭގައި ޣައްސާން މައުމޫންގެ އިތުރުން، ޢަބްދުﷲ ޚަލީލް، ޢަބްދުﷲ ނާޒިމް، ޠާރިޤު އިބްރާހީމް، ޢާއިޝަތު ޝިހާމް، އާދަމް ނަސީރު އިބްރާހީމް، މަރްޔަމް މާރިޔާ، އިބްރާހީމް ވަޙީދު، އާދަމް ޝަރީފް ޢުމަރު އަދި ޢަލީ ހައިދަރު ހިމެނިވަޑައިގަންނަވައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved