
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަކީ އެންމެ ކޮރަޕްޓް ސަރުކާރުކަމަށް އެންމެން ވެސް ގަބޫލުކުރާކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވީ، އެޕްރިލް 4 ވަނަ ދުވަހު ބޭއްވި އިންތިހާބުތަކުގައި ސަރުކާރަށް ނާކާމިޔާބުވީ އެންމެ ބޮޑު ސަބަބަކީ، ސަރުކާރު ތެރޭގައި ވައްކަމާ ކޮރަޕްޝަން އަށަގެންފައިވާ މިންވަރުގެ ބޮޑުކަމުން ކަމަށެވެ. އަދި ރައްޔިތުންގެ ބައިތުލް މާލުން ބޭކާރު ކަރަދުކޮށް އިސްރާފުކޮށް ލޫޓުވަމުންދާ ދިއުމުގެ ނަތީޖާއަކީ ވެސް އެއީ ކަމަށް މަލީހު ވިދާޅުވެފައިވެއެވެ.
ޕޯސްޓު ނިންމަވާލައްވަމުން މަލީހު ވިދާޅުވެފައިވަނީ، މިހާތަނަށް މި ގައުމު ދުށް އެންމެ ކޮރަޕްޓު ވެރިކަމަކީ ރައީސް މުއިއްޒުގެ ވެރިކަން ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ.










