April 23, 2026
Advertisement
ރައީސް ޔާމީންގެ އިސް ޤާނޫނީ ވަކީލް ޑރ.މުހައްމަދު ޖަމީލް ނޫސްވެރިންނާ ވާހަކަދައްކަވަނީ
ރައީސް ޔާމީންގެ އިސް ޤާނޫނީ ވަކީލް ޑރ.މުހައްމަދު ޖަމީލް ނޫސްވެރިންނާ ވާހަކަދައްކަވަނީ / ވަން އޮންލައިން

ރައީސް ޔާމީނަށް ޢައްދާރުވި ބަޔަކަށް އިތުބާރެއް ނުކުރެވޭނެ: ޑރ.ޖަމީލް

Aishath Naja
އައިޝަތު ނަޖާ
Jan 12, 2024, 03:35 AM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ޢައްދާރުވި ބަޔަކަށް އެއްވެސް ވަރަކަށް އިތުބާރު ނުކުރެވޭނެ ކަމަށް އެމަނިކުފާނުގެ އިސް ޤާނޫނީ ވަކީލް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ.ޖަމީލް ވިދާޅުވީ މިއަދު ސަރުކާރުގެ އިސް ފަނޑީގައި ތިއްބެވި ބޭފުޅުން ރައީސް ޔާމީންގެ މުޅި ހަޔާތްޕުޅަށް ޢައްދާރުވިކަަމަށެވެ.

އެހެންކަމުން އެބަޔަކަށް ރައްޔިތުން ކުރާނީ ކޮން އިތުބާރެއްތޯއޭވެސް ޑރ.ޖަމީލް ވަނީ ވިދާޅުވެ ސުވާލު އުފައްދާފައެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުގެ އެއްްވެސް ލަދެއްވެސް ނެތީތޯ ޑރ.ޖަމީލް ވަނީ އެކްސްގެ އެ ޕޯސްޓްގައި ސުވާލު އުފައްދާފައެވެ.

މާލޭ ސިޓީ އަދި މުޅި ދިވެހިރާއްޖޭގެ ރައްޔިތުންނަށްވެސް ސްޕެޝަލް އެޑްވައިޒަރ އަބްދުލްރަހީމް އަބްދުﷲ އަދި ރައީސް ޑރ.މުހައްމަދު މުއިއްޒު ދަސްވެއްޖެ ކަމަށާއި އެބޭފުޅުންގެ ދޮގުވެރިކަމާއި މަކަރުވެރިކަން އިންތިޚާ ކަމަށްވެސް ޑރ.ޖަމީލް ވަނީ ޕޯސްޓްގައި ފާހަގަކުރައްވާފައެވެ.

މިފަދައިން ވިދާޅުވެފައިވާއިރު ޑރ.ޖަމީލް ވަނީ ވިޑިޔޯއެއްވެސް ޕޯސްޓްގައި ހިއްސާކުރައްވާފައެވެ. އެ ވީޑިޔޯއިން ފެނިގެންދަނީ މިހާރު ސަރުކާރުގެ އިސް ފަނޑީގައި ތިއްބެވި ބޭފުޅުން ރައީސް ޔާމީންގެ ފަހަތްޕުޅުގައި ހުންނަވާނަމޭ ވިދާޅުވާ މަންޒަރެވެ.

ސަރުކާރުން ރައީސް ޔާމީނާ ދޭތެރޭ ކަންތައް ކުރައްވަމުން ގެންދަވާ ގޮތާއިމެދު ގިނަ ބަޔަކު އަންނަނީ ހިތްހަމަ ނުޖެހުން ފާޅުކުރައްވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved