March 20, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / އަދަދު

ރައީސަށް ކުރި ތުހުމަތުތައް މިސަރުކާރުން ތަހުގީގުކުރައްވަފާނެކަމާ މެދު ރައީސް ޔާމީން ސުވާލު އުފައްދަވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Mar 16, 2024, 05:41 PM
މާލެ ސިޓީ

ނ. ކެނދިކުޅުދޫ ކައުންސިލުން، ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކުރި ކޮރަޕްޝަންގެ ތުހުމަތުތައް މި ސަރުކާރުން ތަހުގީގުކޮށްފާނެ ކަމާ މެދު ރައީސް އަބްދުﷲ ޔާމީން ސުވާލު އުފައްދަވައިފިއެވެ.

Advertisement

ދަ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނަކީ ނުނެރެވޭނެ ބަޔާނެއް ކަމަށް ނިންމާ އެ ބަޔާން ނެގުމަށް އެލްޖީއޭ މިނިސްޓްރީއިން އެންގި ނަމަވެސް އެ އެންގުން ނޭންގޭނެ ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު ވިދާޅުވުމުން އެނގިގެން ދަނީ ކައުންސިލަށް ބަޔާން ނެރުމުގެ ބާރު އޮތްކަން ކަމަށާ ނަމަވެސް ސުވާލަކީ އެ ތުހުމަތުތައް ތަހުގީގުކޮށް ބަލަން ސަރުކާރަށް ކެރިދާނެތޯ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް އިބްރާހިމު މުހައްމަދު ސޯލިހު ރިޔާސީ ލޯންޗުކޮޅުގައި ދައުލަތުގެ ނިޝަން މަތީ ސަތަރި އަޅައިގެން ދަތުރުކުރެއްވި ކުރުމާ ދެކޮޅަށް އެންމެ އަޑު ހަރުކޮށް ވާހަކަ ދެއްކެވި ބޭފުޅުން ތިބެއްވީ މި ސަރުކާރުގައި. އެހެންވީމަ އަދުގެ ރައީސަށް ކެރިދާނެބާ އެ ތުހުމަތުތައް ތަހުގީގުކޮށް ބަލަން

ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ކައުންސިލްތައް ބާރުވެރިކުރުވުމަކީ އަބަދުވެސް އެމަނިކުފާނު ތާއީދުކުރައްވާ ތަރުހީބު ދެއްވާ ކަމެއް ކަމަށެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި މިވަނީ ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ، ރަަސްމީ ދަތުރުފުޅުގެ ނަމުގައި ރައީސް މުއިއްޒު ކެމްޕޭނު ހަރަކާތްތައް ހިންގަވާ ކަމަށް ބުނެ ކެނދިކުޅުދޫ ކައުންސިލްގެ ބޮޑު ތުހުމަތުތަކެއް ރައީސް މުއިއްޒަށް އަމާޒުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved