ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 3 ދިވެއްސަކު ހައްޔަރުކޮށްފައެވެ.
ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެކެވެ.
މި 3 މީހުންނަށް ވެސް ތުހުމަތު ކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތެވެ. މި ތިން މީހުންނަކީ ވެސް ކުށުގެ ރެކޯޑް އޮތް މީހުންނެވެ.
މީގެތެރެއިން 29 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ވަކި މައްސަލައެއްގައެވެ. މި ކްރިމިނަލް ކޯޓުން މައްސަލާގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަމަަށް ފުލުހުން ހުށަހަޅާފައިވާ ލިޔުންތަކާއި ފޮޓޯތަކާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވެއެވެ. ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަހަށް އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.
19 އަހަރުގެ މީހާއާއި 30 އަހަރުގެ މީހާ ހައްޔަރުކުރީ އެ މީހުން ތިބި ސައިކަލުގެ މަޑިދަށުން މަސްތުވާތަކެތި ފެނުމާ ގުޅިގެންނެވެ. ނަމަވެސް އެއީ ކިހާ އެއްޗެއްސެއް ކަމެއް އަދި ސާފެއް ނުވެއެވެ. ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 19 އަހަރުގެ މީހާއާއި 30 އަހަރުގެ މީހާއަށް 15 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.