April 24, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ވޯލްޑް ކަޕްގައި އީރާނުގެ ބަދަލުގައި އިޓަލީ ބައިވެރިކުރުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް އިޓަލީން ދެކޮޅު ހަދައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 23, 2026, 06:48 PM
މާލެ ސިޓީ

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އީރާނުގެ ބަދަލުގައި އިޓަލީވިލާތަށް ފުރުސަތު ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަންދޫބަކު ހުށަހެޅުއްވި ހުށަހެޅުއްވުމަށް އިޓަލީން ރަސްމީކޮށް ދެކޮޅު ހަދައިފިއެވެ. މި ހުށަހެޅުމަކީ ސިޔާސީ ސަބަބުތަކަށްޓަކައި އީރާނު މުބާރާތުން ބޭރުކޮށް، އެ ފުރުސަތު އިޓަލީއަށް ދިނުމަށް ހުށަހެޅި ހުށަހެޅުމެކެވެ.

Advertisement

މިކަމާ ގުޅިގެން އިޓަލީގެ އިކޮނޮމީ މިނިސްޓަރު ޖިއަންކާލޯ ޖިއޮޖެޓީ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މިފަދަ ގޮތަކަށް މުބާރާތުން ފުރުސަތު ހޯދުމުގެ ޚިޔާލަކީ "ލަދުވެތި" ކަމެއް ކަމަށެވެ. އަދި ކުޅިވަރުގެ އުސޫލުތަކުން ބޭރުން މިފަދަ ފުރުސަތެއް ގަބޫލުކުރުމަކީ އިޓަލީން ކުރާނެ ކަމެއް ނޫންކަން އޭނާ ވަނީ ހާމަކުރައްވާފައެވެ.

މި ހުށަހެޅުމުގެ މާނައަކީ ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައި ނުވެ އޮތް، ދުނިޔޭގެ ހަތަރު ފަހަރުގެ ޗެމްޕިއަން އިޓަލީއަށް "ބެކްޑޯ އެންޓްރީ" އެއް ނުވަތަ ނުސީދާ މަގަކުން މުބާރާތަށް ވަނުމުގެ ފުރުސަތު ދިނުމެވެ. ނަމަވެސް އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މުބާރާތަށް ކޮލިފައިވާންޖެހޭނީ ދަނޑުމަތީގައި ދައްކާ ކުޅުމުންނެވެ.

އިޓަލީއަކީ ފުޓްބޯޅައިގެ ބޮޑު ބާރަކަށް ވީނަމަވެސް، ފަހަކަށް އައިސް އެޓީމަށް ވަނީ ވޯލްޑް ކަޕަށް ކޮލިފައިވުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެމެރިކާގެ މި ހުށަހެޅުމަކީ ސިޔާސީ މަސްލަހަތުތަކެއްގެ ތެރެއިން އައި ހުށަހެޅުމެއް ކަމަށް ބެލެވޭއިރު، ފީފާއިން ވެސް އާންމުކޮށް މިފަދަ ސިޔާސީ ނުފޫޒުތަކަށް ޖާގައެއް ނުދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved