April 28, 2026
Advertisement
ޓެނެްޑަރއަކާ ނުލާ ވިއްކާލި ބޯޓާ ގުޅިގެން މަލީހުގެ ސުވާލުތަކެއް!
ޓެނެްޑަރއަކާ ނުލާ ވިއްކާލި ބޯޓާ ގުޅިގެން މަލީހުގެ ސުވާލުތަކެއް! / މޯލްޑިވްސް ޓްރެވެލާ

ޓެނެްޑަރއަކާ ނުލާ ވިއްކާލި މޯލްޑިވިއަންގެ ބޯޓާ ގުޅިގެން މަލީހުގެ ސުވާލުތަކެއް!

Apr 27, 2026, 03:01 PM
މާލެ ސިޓީ

ގައުމީ އެއާލައިން ޓެންޑަރއަކާ ނުލާ ވިއްކާލި މައްސަލައިގައި، ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާޅުގެ ސުވާލުތަކެއް އަމާޒުކުރައްވައިފިއެވެ.

Advertisement

މަލީހުގެ ސުވާލުތަކެއް އަމާޒުކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ޓެންޑަރ ޕްރޮސެސްއަކާ ނުލައި ޑޭޝް-8 ގެ މަތިންދާބޯޓެއް ބޭރުގެ ކުންފުންޏަކަށް ވިއްކާލިކަމަށް "އަދަދު" ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

އަދަދުއަށް ލިބިފައިވާ ލިޔެކިޔުންތަކާ ހަވާލާދީ އެ ނުހުގައި ބުނެފައިވަނީ، އައިލެންޑް އޭވިއޭޝަނުން ވިއްކާފައިވަނީ ޑީއެޗްސީ-8 އެމްއެސްއެން 591 މަތިންދާބޯޓެއް 3.7 މިލިއަން ޑޮލަރަށް ކަމަށެވެ.

އެ ކުންފުނިން ވިއްކުމަށް އިއުލާނެއް ނުކުރާ ކަމަށާ ނަމަވެސް އިއުލާން ކުރީ ޑީއެޗްސީ-8 އެމްއެސްއެން 546 ކިޔާ މަތިންދާބޯޓެއް ކަމަށާއި އެ މަތިންދާބޯޓުގެ ހާލަތު ދަށް ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

އެ ކުންފުނިން ޑީއެޗްސީ-8 އެމްއެސްއެން 591 ވިއްކާފައިވަނީ، 3،730،000 ޑޮލަރަށެވެ. އެއީ އޮސްޓްރޭލިއާގެ ކުންފުނި، އެއާފްލައިޓް ޔުނިޓް ޓްރަސްޓުން ގަނެފައިވާ އެއްޗެކެވެ. އެއާފްލައިޓް ޕްރައިވެޓް ލިމިޓެޑުން އެ ކުންފުނީގެ ޓްރަސްޓީގެ ގޮތުގައި ހަރަކާތްތެރިވެ، އެ މަތިންދާބޯޓު ގަތުމުގެ ކަންތައްތައް ބެލެހެއްޓި ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

މި މަތިންދާބޯޓު 3.7 މިލިއަން ޑޮލަރަށް ވިއްކާލި ނަމަވެސް، އައިލެންޑް އޭވިއޭޝަނަށް 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 3.05 މިލިއަން ޑޮލަރު ލިބިފައިވާއިރު، އެއީ އެސްކްރޯ އޭޖެންޓް ފީ އުނިކޮށް، މިލްކުވެރިކަން ބަދަލުވާންދެން 500،000 ޑޮލަރު ހިފެހެއްޓުމަށްފަހު ޖަމާކުރި އަދަދު ކަމަށްވެއެވެ.

ލިޔެކިޔުންތަކުން އޭޖެންޓަށް ދެއްކި ފީގެ ސީދާ އަދަދު ހާމައެއް ނުވި ނަމަވެސް އެ އަދަދު އަންނަނީ އައިލެންޑް އޭވިއޭޝަނަށް ޖަމާކުރި ފައިސާ އާއި މިލްކުވެރިކަން ބަދަލުވާންދެން ހިފަހައްޓާފައިވާ 500،000 ޑޮލަރު އުނިކުރުމަށް ފަހު 177،585 ޑޮލަރަށް ކަމަަށް "އަދަދު"އިން ހާމަކޮށްފައިވެއެވެ.

އެ އެއްބަސްވުމުގެ ދަށުން އެސްކްރޯ ފީ ގަންނަ ފަރާތާއި ވިއްކާ ފަރާތުން ހަމަހަމަ ގޮތެއްގައި ދައްކަން ޖެހެ އެވެ. އެ އަދަދު ގާތްގަނޑަކަށް 355،170 ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މިކަމަށް އިޝާރާތްކުރައްވާ މަލީހު ވަނީ  މައްސަލަ އެހާ ހިސާބުން ނިންމާ ނުލެވޭނެ ކަމާ 500،0000 ޑޮލަރަށް ވީ ގޮތަކީ ކޮބައިތޯ ވެސް ސުވާލު އުފައްދަވާފައެވެ.

އެ މުއާމަލާތުގައި މޯލްޑިވިއަން އިން އެކަމުގައި ޒިންމާވީ ފަރާތަކާ އަދި ޓްރާންސްޕޯޓު މިނިސްޓްރީގެ ދައުރާ މެދު ސުވާލު އުފައްދަވާ މަލީހު ވަނީ އެމްއެމްއޭގެ އެފްޔޫއައި ތަހުގީގު ކޮބައިތޯއާ އަދި މިހާރު ބޯޓު ވީހިސާބަކާ މެދުވެސް ސުވާލު އުފައްދަވާފައެވެ.

މިފަދަ ކަމެއް ފެންމަތިވެފައިވާއިރި، ކުރިގެ ޓްރާންްޕޯޓު މިނިސްޓަރު މުހައްމަދު އަމީނުގެ މަގާު ބަދަލުވި ދުވަސްކޮޅާ ދިމާކޮށް ދަރިފުޅުގެ ލޯ ފާމުން ބައިވަރު ފައިސާތަކެއް ނެރެ ލޯންޑަރ ކުރިކަމުގެ އަޑުތައް ގަދަވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved