April 30, 2026
Advertisement
ހަތަރު މަސް ފަހުން ސްޓެލްކޯއަށް އެމްޑީއަކު އައްޔަންކޮށްފި
ހަތަރު މަސް ފަހުން ސްޓެލްކޯއަށް އެމްޑީއަކު އައްޔަންކޮށްފި / ޕީސީބީ

ހަތަރު މަސް ފަހުން ސްޓެލްކޯއަށް އެމްޑީއަކު އައްޔަންކޮށްފި

Apr 28, 2026, 04:29 PM
މާލެ ސިޓީ

ހަތަރު މަސް ފަހުން ސަރުކާރުގެ ކަރަންޓު ކުންފުނި، ސްޓޭޓު އިލެކްޓިރިކު ކޮމްޕެނީ (ސްޓެލްކޯ)އަށް މެނޭޖިން ޑިރެކްޓަރަކު އައްޔަންކޮށްފިއެވެ.

Advertisement

އެ މަގާމަށް އައްޔަންކޮށްފައިވަނީ، އެ ކުންފުނީގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ޑރ. އަލީ އަޒްވަރުއެވެ. ސްޓެލްކޯގެ އެމްޑީއަކަށް ސ. ފޭދޫ، ނެސްޕްރޯވިލާ، ޑރ. އަލީ އަޒްވަރު މި މަގާމަށް އައްޔަނުކުރައްވާފައިވާއިރު، ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ)ގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ އެގްޒެކެޓިވް ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ސްޓެލްކޯގެ ބޯޑު މެންބަރުކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ.

ޑރ. އަޒްވަރަކީ ހަކަތައިގެ ދާއިރާގައި 29 އަހަރުގެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ، އަދި އެ ދާއިރާގެ ސިޔާސަތުތައް އެކުލަވައިލުމުގެ ބޮޑު ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން 1997ވަނަ އަހަރު ޓްރޭނީއެއްގެ ގޮތުގައި ސްޓެލްކޯއާ ގުޅިވަޑައިގަތް ޑރ. އަޒްވަރު ވަނީ އެ ކުންފުނީގެ ފަންނީ އަދި އިދާރީ އެކި ފަންތީގެ މަގާމުތައް ފުރުއްވާފައެވެ.

ޑރ. އަޒްވާރަކީ މި ސަރުކާރުގައި ސްޓެލްކޯގެ އެމްޑީ ކަމަށް އައްޔަން ކުރެއްވި ތިން ވަނަ ބޭފުޅާއެވެ. އެ މަގާު މީގެ ހަތަރު މަސް ކުރިން ހުސްވީ މިފްކޯގެ އެމްޑީގެ މަގާމުގައި ހުންނަވަނިކޮށް ފިޝަރީޒްގެ ސްޓޭޓަކަށް ބަދަލުކުރި އަހުމަދު ޝަމާހު އެ މަގާމަށް އައްޔަންކޮށް ތިން މަސް ނުވަނީސް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved