May 27, 2026
Advertisement
.
.

ކަމަދޫގައި ކަރަންޓެއް ނެތް، ސަރުކާރު ބޮކި ދިއްލުމުގައި އަވަދިނެތި!

May 27, 2026, 07:36 PM

ސަރުކާރުން އީދު ފާހަގަކުރުމުގެ ގޮތުން ބޮޑެތި ރަށްރަށުގައި ބޮކިތައް ދިއްލައިން އެކަން މޮޅުކަމަކަށް ހަދައިން އުޅޭއިރު ބ.ކަމަދޫ ގައި ކަރަންޓު ނެތްކަން ހާމަވެއްޖެއެވެ.

Advertisement

ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވީ އެ ރަށުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ މިއަދު ހަވީރު 4:30 ހާއިރު ކަމަށެވެ. ދިމާވި މައްސަލަ އަދިވެސް ހައްލެއް ނުކުރެވޭކަމަށް ވެސް މައުލޫމާތު ލިބެއެވެ.

 

ކަރަންޓު ކެނޑެން މެދުވެރިވީ އިންޖީނުގޭގެ ޕެނަލް ބޯޑެއްގެ ކޭބަލަށް ގެއްްލުންތަކެއް ލިބުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ރަށުގެ ރައްޔިތުންނާއި އީދަށް ޒިޔާރަތްކޮށްފައިވާ ގިނަ އަދަދެއްގެ މީހުންނަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.

ކަމަދޫ އަކީ ކޮންމެ އަހަރަކުވެސް އީދުގައި މީހުން ކުޅިވަރުތައް ބެލުމަށް ޒިޔާރަތް ކުރާ ރަށެކެވެ. 

އީދު ދުވަހާ ދިމާކޮށް މިފަދައިން ކަރަންޓު މައްސަލަ ޖެހުމުން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved