April 26, 2026
Advertisement
.
.

ހުޅުމާލެ ފޭސް 2ގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑުނީ ކޭބަލަކަށް ގެއްލުންވެގެން

Apr 25, 2026, 10:58 PM

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ، މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮންނަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ލިބިގެން ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

Advertisement

ހުޅުމާލެ ދެވަނަ ފިޔަވަހިން ކުއްލިއަކަށް ކަރަންޓު ކެނޑުނީ 2:25 ހާއިރު އެވެ.

ސްޓެލްކޯ އިން ބުނީ މިހާރު ދަނީ ކޭބަލް މަރާމާތުކޮށް، ވީ އެންމެ އަވަހަކަށް ހިދުމަތް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކަކީ:

މިމަހުގެ 12 ވަނަ ދުވަހު ވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިގެން ކަނު އަނދިރީގައި އެތައް ގަޑިއިރެއް ހޭދަކުރަން ޖެހުނެވެ. އެ ދުވަހު އެ ސަރަހައްދުން ކަރަންޓު ކެނޑުނީ ކަރަންޓު ދޭން އަޅާފައިވާ މައި ކޭބަލަކަށް ގެއްލުންވުމުން ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved