May 5, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ކޮފްސީ ސިރަޕް މަނާކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Aug 21, 2025, 12:05 AM
މާލެ ސިޓީ

ކެއްސުމާއި ރޯގާއަށް ރާއްޖޭގައި އާއްމުކޮށް ދޭ އުޅޭ ބޭހެއް ކަމަށްވާ، "ކޮފްސީ ސިރަޕް" މަނާކޮށްފި އެވެ.

Advertisement

އާންމުކޮށް ކުޑަ ކުދިންނަށް ދޭ މި ބޭސް މަނާކުރިކަން ހާމަކޮށްފައިވަނީ ހެލްތު މިނިސްޓްރީއިން ނެރުނު އެލާޓެއްގައެވެ.

އެލާޓުގައި ބުނީ ރާއްޖޭގައި މިހާރު ވިއްކަން ހުރި ކޮފްސީ ސިރަޕުން ކޮލިޓީ މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ބުދަ ދުވަހުން ފެށިގެން، އެ ބޭސް ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ ވެސް މަނާކަމެއް ކަމަށް ބުންޏެވެ. އަދި އެއްވެސް ބޭސް ފިހާރައެއްގައި މި ބޭސް ހުރި ނަމަ، އުސޫލާ އެއްގޮތަށް ނައްތާލުމަށް އެލާޓުގައި ބުނެފައިވެއެވެ.

އެތަނުން ބުނިގޮތުގައި މި ބޭސް ބޭނުންކޮށްގެން ސިއްހީ މައްސަލައެއް ދިމާވި ކަމަކަށް މިހާތަނަކަށް އެތަނަށް ރިޕޯޓުކޮށްފައެއް ނުވެއެވެ.

ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަން ކުރުމުގައި ބަހައްޓަން ޖެހޭ މިންގަނޑުތަކަށް ސަމާލުވުމަށް ވެސް ހެލްތު މިނިސްޓްރީގެ އެލާޓުގައި ގޮވަލާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved