April 29, 2026
Advertisement
ސިނާނަށް ގޮނޑި ކާމިޔާބު ނުކުރެވޭނެކަމަށް ފެންނާތީ ފަހަތަށް ޖެހިލައިފި
ސިނާނަށް ގޮނޑި ކާމިޔާބު ނުކުރެވޭނެކަމަށް ފެންނާތީ ފަހަތަށް ޖެހިލައިފި / ސަން އޮންލައިން

ސިނާނަށް ގޮނޑި ކާމިޔާބު ނުކުރެވޭނެކަމަށް ފެންނާތީ ފަހަތަށް ޖެހިލައިފި

Apr 29, 2026, 03:11 PM
މާލެ ސިޓީ

އައްޑޫ ސިޓި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑީގެ ބައި-އިލެކްޝަންގައި ޥާދަ ކުރުމަށް ޕިއެންސީގެ ޓިކެޓުގައި ހޮވިފައި ހުރި މުހައްމަދު ސިނާނު، އެ ދާއިރާއަށް ވާދަނުކުރުމަށް ނިންމާ އެކަން ހާމަކޮށްފިއެވެ.

Advertisement

ސިނާނު މިކަން ހާމަކޮށްފައިވަނީ އޭނާގެ މީސް މީޑިޔާ ޕްލެޓު ފޯމުގައި ކުރި ޕޯސްޓެއްގައެވެ.

ސިނާނު ހާމަކޮށްފައިވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރުމަށްޓަކައި އޭނާ ނުކުމެއްޖެ ނަމަ އެކަން ކާމިޔާބު ކުރުން އުނދަގޫ ކަމަކަށްވާނެ ކަމަށް ވަރަށް ގިނަ ބަޔަކު މަޝްވަރާއާ ލަފާ ދީފައިވާތީ، ޕާޓީއަށް އެންމެ ފަހި ގޮތަކީ އައު ބޭފުޅަކަށް ފުރުސަތު ދިނުން ކަމަށް ފެންނާތީ، ކުރިއަށް އޮތް ބައި-އިލެކްޝަންގައި އަލުން އޭނާ ދާއިރާއަށް ވާދަނުކުރަން ނިންމީ ކަމަށެވެ.

އެކަން ރައީސް އަށާ ޕާޓީގެ ލީޑާރޝިޕަށް އަންގާފައިވާނެ ކަމަށްވެސް ސިނާނު ހާމަކޮށްފައިވެއެވެ.

ސިނާނު ވަނީ، ޕްރައިމަރީގައި އޭނާއަށް ތާއީދުކޮށް ވޯޓުދެއްވި ހުރިހާ މެމްބަރުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.  ސިނާނު ވިދާޅުވީ، އޭނާ ފަހަތައް ޖެހުނު ނަމަވެސް، ޕާޓީން މި ދާއިރާއަށް ނެރޭ ކެނޑިޑޭޓަކު ހޮވުމަށްޓަކައި އޭނާގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބޭނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ. އޭނާގެ މި ނިންމުން މިހާރު ޕާޓީގެ ރައީސަށާއި ލީޑަރޝިޕަށް އަންގާފައިވާ ކަމަށާއި، ޕާޓީގެ ފަރާތުން އެ ނިންމުމަށް އިޚްތިރާމާއެކު ބަލައިގެންފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved