March 19, 2026
Advertisement
ސިނާން
ސިނާން / ސަން އޮންލައިން

ސިނާންގެ ގޮނޑީގެ މައްސަލަ ބުދަ ދުވަހަށް ތާވަލްކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Jun 24, 2025, 12:23 AM
މާލެ ސިޓީ

ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމު ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހަށް ތާވަލްކޮށްފިއެވެ.

Advertisement

ސިނާންގެ ގޮނޑި ގެއްލުނު ކަނޑައަޅައި ދިނުމަަށް އެދި ސުޕްރީމު ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ހުކުމާ އެއްގޮތަށް ސާބިތު ދަރަންޏެއް ނުދައްކާތީއެވެ.

އެޕްރީލް 15، ގައި ރަޖިސްޓްރީކުރި މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައިވަނީ ޖޫން 25، ގެ ހެދުނު 10:15 އަށެވެ.

އެހެން ބަޔަކާ ގުޅިގެން ސިނާން އިސްލާމިކް ބޭންކުން ނެގި ކަމަށްވާ 3.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލާގައި ހުކުމާ އެއްގޮތަށް ފައިސާ ނުދައްކަވާ ކަމަށް ބުނެ އޭނާގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅީ ގއ. ދާންދޫއަށް ނިސްބަތްވާ ޣާލިބް ސަލީމެވެ.

ސިނާނުގެ ގޮނޑިއާމެދު ސުވާލު އުފައްދައި ސުޕްރީމް ކޯޓަށް ފެބްރުއަރީ 13، ގައި ޣާލިބު ސަލީމު ހުށަހެޅި އެ މައްސަލައިގައި ބުނެފައި ވަނީ، އެހެން ބަޔަކާ ބައިވެރިވެގެން ސިނާނު ނަގާފައިވާ ލޯނެއް ނުދައްކައިގެން އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާ ކަމަށެވެ.

ގާނޫނުއަސާސީ ބުނާގޮތުން ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާނަމަ މަޖިލިސް މެމްބަރުކަމުގެ ގޮނޑި ގެއްލޭނެއެވެ.

ކޯޓަށް މައްސަލަ ހުށަހެޅިފަހުން ސިނާން ވަނީ އެ ފައިސާ އެކީ އެއްފަހަރާ ދައްކާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved