March 19, 2026
Advertisement
ޕީއެންސީގެ ޖަލްސާއެއްގެ ތެރެއިން
ޕީއެންސީގެ ޖަލްސާއެއްގެ ތެރެއިން / ޕީޕީއެމް

ޖުޑިޝަރީ މިނިވަން ކުރި ކަމަށް ބުނާ ސަރުކާރުން ގާޒީއަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާކަމުގެ އަޑުތަކެއް!

Hussain Nawaf
ހުސައިން ނަވާފް
Feb 16, 2025, 06:03 PM

ޖުޑިޝަރީ މިނިވަން ކުރި ކަމަށް ބުނާ ސަރުކާރުން ގާޒީއަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

Advertisement

މިފަދަ އަޑުތަކެއް ފެތުރިފައިވަނީ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

އެކަމާ ގުޅިގެން ގިނަ މީޑިއާތަކުގައި މެމްބަރު ސިނާނު މި ދަރަނީ ދައްކާ ހަލާސް ކުރެއްވިކަމަށް ރިޕޯޓުކޮށްފައި ވީ ނަމަވެސް އެ ފައިސާ އަދިވެސް ނުދައްކައެވެ.

ލޯނު ނުދެއްކުމުގެ ސަބަބުން ލޯނު ނެގުމަށް ރަހީނު ކުރި ގެޔާއި ދޯނިވެސް ވިއްކާލުމަށް ބޭންކުން ނިންމާފައިވާކަމަށްވެސް 13 އޮންލައިނަށްވަނީ މައުލޫމާތު ލިބިފައެވެ.

މި މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީން ގާޒީންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރިކަން 13 އޮންލައިނަށް މައުލޫމާތު ލިބިފައެވެ.

އެގޮތުން އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ހިދަތޫ ކޯޓުގެ ޗީފް މެޖިސްޓްރޭޓަށް ހާޝިމަށް ނުފޫޒު ފޯރުވަންށެވެ. ނަމަވެސް ގާޒީ ހާޝިމްގެ ފަރާތުން އެކަމަށް އިޖާބަ ނުލިބުމުން ދެން މަސައްކަތްކުރީ ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހްމަދަށް ނުފޫޒު ފޯރުވާ ކޯޓުގައި އޮތް މައްސަލަގައި ލިޔެ ކިޔުންތައް ބަދަލުކުރުމަށް ކަމަށްވެސް މައުލޫމާތުވަނީ ލިބިފައެވެ.

ގާޒީ ރަފިއުއްދީނަށްވެސް ޕީއެންސީއަށް ނުފޫޒު ނުފޯރުވުމުން މިހާރު ގެންދަނީ ސީދާ ރައީސް މުއިއްޒު އެކަމުގެ ތެރެއަށް ވަންނަވަައިގެން ބޭންކަށް ނުފޫޒު ފޯރުވަން މަސައްކަތްކުރަމުންކަން ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved