March 19, 2026
Advertisement
ސިނާން
ސިނާން / ސަން އޮންލައިން

މެމްބަރު ސިނާނުގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

Mariyam Isaadha
މަރިޔަމް އިސާދާ
Mar 9, 2025, 09:37 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތުމުން އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަލައިދިނުމަށް ސުޕްރީމު ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.

Advertisement

ސިނާން އާއި އަދި އިތުރު ބަޔަކާ ގުޅިގެން މޯލްޑިވްސް އިސްލާމިކު ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ސޭލްސް އެންޑް ލީސްބެކް ފައިނޭންސިންގ ފެސިލިޓީއަށް ފައިސާ ނުދައްކައިގެން ކޯޓަށް އެ މައްސަލަ ހުށަހަޅައިފައިވެއެވެ.

އެ ފެސިލިޓީއަށް ފައިސާ ދައްކަމުން ނުގެންދާތީ މޯލްޑިވްސް އިސްލާމިކް ބޭންކުން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު އެވެ.

މި މައްސަލައިގައި ކޯޓުން ހުކުމް ކުރެއްވީ 14 އޮކްޓޯބަރު 2024 އެވެ. ހުކުމުގައި ސާބިތުވާ 2.5 މިލިއަން ރުފިޔާ 6 މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު ވެސް އެ މަހަކަށް ޖެހޭ މިންވަރަށް ވުރެ މަދުނޫން އަދަދެއް މޯލްޑިވްސް އިސްލާމިކް ބޭންކަށް ދައްކަމުން ގޮސް މިފައިސާ ދައްކައި ނިންމުމަށްވަނީ އަމުރުކޮށްފައެވެ.

އެގޮތުން ސިނާނުގެ ގޮނޑި ގެއްލުނުކަމަށް ކަނޑައަޅައި ދިނުމަށް އިސްލާމިކް ބެންކުން ސުޕްރީމް ކޯޓުގައި އެދުނީ ޙުކުމާއި އެެއްގޮތަށް ސިނާން ފައިސާ ނުދައްކާތީއެވެ.

ކޯޓުގެ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާ ކަމަށް ބުނެ، ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައިއަޅައިދޭން އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަޅާފައި ވަނީ ގާލިބު ސަލީމް ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ ފަރާތުން މައްސަލައިގައި ވަކާލާތު ކުރަނީ ގާނޫނީ ވަކީލު އަލީ ހުސައިނެވެ.

އެގޮތުން ގާލިބު ސަލީމު ނަމަކަށް ކިޔާ އެ މީހާ ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ކިބައިގައި ފުރިހަމަވާން ޖެހޭ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް ސިނާންގެ ކިބައިން އުނިވެފައިވާކަން ފާހަގަކޮށް ހުށަހެޅި އެ މައްސަލައިގައި ބުނެފައި ވަނީ ހުކުމާ އެއްގޮތަށް ދަރަނި ދައްކަމުން ނުދިއުމަކީ މެމްބަރުކަމުން ވަކިވާނެ ހާލަތެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށްވުމުގެ ޝަރުތުތަކާ ގުޅޭގޮތުން ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ގައި ބުނެފައި ވަނީ އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް ނަމަ އަދި ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުން ނުދާ ނަމަ އެ މެމްބަރަކު މެމްބަރުކަމުގެ މަގާމުން ވަކިވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުން މައްސަލަ ބަލައިގެންފައިވާ ކަމުގެ ލިޔުން މިއަދު ވަނީ މައްސަލަ ހުށަހެޅި ފަރާތަށް ފޮނުވާފައެވެ.

ސިނާނުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅާ ދިނުމަށް މައްސަލަ ހުށަހެޅުމާ އެކު ސަރުކާރުން ތަމްސީލު ކުރާ ޕާޓީއަށް އޭނާ ނިސްބަތްވާތީ ސަރުކާރުން އެ ފައިސާ އޭނާއަށް ދައްކާދީފައިވާ ކަމަށް އަޑު ފެތުރިފައިވެއެވެ. އަދި ބުނެވޭ ގޮތުގައި ފައިސާ ދެއްކީ ނަގުދު ފައިސާއިން ކަމަށާ އެ ފައިސާ ހިފައިގެން ބޭންކަށް ދިޔައީ ކުރީ ޕީޖީ މުހުތާޒު މުހުސިން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved