April 15, 2026
Advertisement
-
- / ސޯޝަލް މީޑިއާ
ކުއްލި ހަބަރު

ހީނާ ވަލީދާއެކު އައު ކެބިނެޓް އެކުލަވާލައި، ވަޒީރުން އައްޔަންކުރައްވައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 14, 2026, 07:19 PM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކެބިނެޓުން 10 ވަޒީރުން ވަކި ކުރައްވައި، އައު ކެބިނެޓް މިރޭ އިޢުލާން ކުރައްވައިފިއެވެ. މި ބަދަލާއެކު ކުރިން ވަޒީރުކަމުގައި ނެތް އައު ހަތަރު ބޭފުޅަކު ވަނީ ކެބިނެޓުގައި ހިމަނުއްވާފައެވެ.

Advertisement

ކެބިނެޓް އަލުން އެކުލަވާލާފައިވަނީ މިއަދުގެ ވަގުތެއްގައި ސަރުކާރުގެ 10 މިނިސްޓަރަކު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބޭފުޅުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެ ގޮތުންނެވެ.

އައު ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނާއި އެ ބޭފުޅުންގެ ވުޒާރާތަކަކީ:

- ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރު: މޫސާ ޒަމީރު

- ހޯމްލޭންޑް މިނިސްޓަރު: ޢަލީ އިޙުސާން

- ފޮރިން އެފެއާޒް މިނިސްޓަރު: އިރުތިޝާމް އާދަމް

- އެޑިޔުކޭޝަން އާއި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު: އިސްމާޢީލް ޝަފީޢު

- ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު: މުޙައްމަދު އަމީން

- ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު: ޢަބްދުﷲ ރާފިއު

- އިކޮނޮމިކް އެފެއާޒް، ޓްރާންސްޕޯޓް، އެންޑް ޓްރޭޑް މިނިސްޓަރު: މުޙައްމަދު ސަޢީދު

- އާޓްސް އެންޑް ހެރިޓޭޖު މިނިސްޓަރު: ހީނާ ވަލީދު

- އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕަމަންޓް މިނިސްޓަރު: ޢަބްދުﷲ މުއްޠަލިބު

މި ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ސަރުކާރުގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވި ހީނާ ވަލީދު، އާޓްސް އެންޑް ހެރިޓޭޖު މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވުމެވެ. 

ރައީސް އޮފީހުން ބުނީ މި ބަދަލުތަކަކީ ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް އެޅުއްވި ފިޔަވަޅެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved