March 19, 2026
Advertisement
މަލީހު ހައި ކޯޓު ކައިރީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. ފޮޓޯ: ޗެނަލް 13
މަލީހު ހައި ކޯޓު ކައިރީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. ފޮޓޯ: ޗެނަލް 13

މަލީހު ހައިކޯޓަށް: ރައީސް ޔާމީންގެ މައްސަލަ މާބޮޑަށް ވެސް ލަސްވެއްޖެ، އަވަސްކުރައްވާ

Mariyam Isaadha
މަރިޔަމް އިސާދާ
Mar 17, 2024, 08:55 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ އިސްތިުނާފު މައްސަލަ ނުނިމި މާ ބޮޑަށް ވެސް ދިގުލައިގެން ގޮސްފައިވާތީ އަވަސް ކުރުމަށް ގޮވާލައިފިއެވެ.

Advertisement

މިފަދައިން ގޮވާލެއްވީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުވެމުގައި އިސްކޮށް އުޅުއްވާ މުހައްމަދު މަލީހު ޖަމާލުއެވެ.

ރައީސް ޔާމީންގެ މައްސަލަ ނުނިންމާ ލަސްކުރަމުން ގެންދާތީ އެކަމުގެ ކަންބޮޑުވުމާ އެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވީ، އަޑުއެހުންތައް ނިންމާލި ފަހުން 1217 ދުވަސް ވެއްޖެ ކަމަށެވެ. އެހެންކަމުން އަޑުއެހެން ބާއްވާނީ ކޮންއިރަކުންތޯ މަލީހު ވަނީ ސުވާލު އުފައްދަވާފައެވެ.

އެގޮތުން އެެންމެ ފަހު އަޑު އެހުމުގައި، ދެން އޮންނާނީ ހުކުމް އިއްވުންކަމަށް ރިޔާސަތުން ވިދާޅުވި ހަނދާން އައުކޮށް މަލީހު ވިދާޅުވީ، މިހާރު މާބޮޑަށް ވެސް ރައީސް ޔާމީންގެ އިސްތިއުނާފް ލަސްވެއްޖެ ކަމަށާ އަވަސް ކުރައްވަން ގޮވާލައްވާ ކަމަށެވެ.

ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލަ ތާވަލްނުކޮށް ލަސްކުރަމުންދާތީ އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން ރައީސް ޔާމީންގެ އިސް ޤާނޫނީ ވަކީލު މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެފައިވަނީ ރައީސް ޔާމީނުގެ އިސްތިއުނާފު ލަސްކުރަނީ ކޮންމެ އިންތިޚާބަކާއި ދިމާކޮށް ނުފޫޒުން ކަމަށެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިހާރު ރައީސް ޔާމީންގެ މައްސަލަ ލަސްކުރަމުން ދަނީ އެމަނިކުފާނު ގެންނެވި ސަރުކާރާ އެމަނިކުފާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމެއްގެ ތެރެއިން ސަރުކާރުގެ އިސް ބޭފުޅުންގެ ނުފޫޒުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved