
ގައުމުގެ ޒުވާނުން ނުރުހޭ ކަންކަން ނުކުރުމަށް ، ޕީއެންއެފުގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ރައީސް ޑރ މުހައްމަދު މުއިއްޒަށް ގޮވާލައއްވައިފިއެވެ.
ދިވެހިން އެންމެ ގިނައިން ވިޔަފާރިކުރާ އީކޮމަސް ސައިޓުތަކުގެ ތެރޭގައި ޓީމޫ އާއީ ޝީން ފަދަ ސައިޓުތަކުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދިވެހި ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ވިޔަފާރިކުރުން މަދުކުރުމުގެ ގޮތުން ކޮންމެ ދުވަހަކަށް ބަޖެޓެއް ކަނޑައަޅަން ނިންމާ އަދި ރާއްޖޭގައި ތިބޭ ފަރާތްތަކަށް އެ ފަރާތްތަކުގެ ބޭންކު އޮފް މޯލްޑީވްސްގެ ކާޑު ބޭނުންކޮށްގެން އޭޓީއެމް އަދި ޕީއޯއެސް މެޝިންތަކުން ޑޮލަރުގެ މުއާމަލާތް ރާއްޖެއިން ބޭރުގައި ނުކުރެވޭ ގޮތަށް ހަމަޖެއްސުމާ އެކު ގިނަ ބައެއެގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
އެކަމަށް އިޝާރާތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވެފައިވަނީ، ރައީސް މުއިއްޒު ގައުމުގެ ދުވަސް ދުއްވާލާފައި ކަމަށާ އެމަނިކުފާނު އިސްތިއުފާ ދޭން ޖެހޭ ކަމަށެވެ. އެމަނިކުފާނު ގެންދަވަނީ ތަކުރާރުކޮށް ގައުމުގެ ޒުވާނުން ނުރރުހޭ ނުވަތަ އެ ޒުވާނުްނ ލޭކެކޭ ފަދަ ކަންކަން ސަރުކާރު ތެރެއިން ކުރުވަމުން ކަަމަށް ވިދާޅުވެ މަލީހު ވަނީއެކަންކަން ނުކުރުމަށް ގޮވާލައްވާފައެވެ.
އީކޮމާސް ސައިޓުތަކަށް ވިއްކަން ޖެހޭ ޑޮލަރުގެ އަދަދު މަދުކުރުމުގެ ގޮތުން ބޭންކުން އެޅި އަނެއް ފިޔަވަޅަކީ، މަހެއްގެ މައްޗަށް ކޮންމެ ކަސްޓަމަރެއްގެ ރުފިޔާ ކާޑުން ހެދޭ ޓްރާންސެކްޝަންތަކުގެ (މުއާމަލާތްތަކުގެ) އަދަދު 30 އަށް ލިމިޓުކުރުމެވެ.










