May 3, 2026
Advertisement
މިއީ ނޫސްވެރިކަމުގެ މިނިވަންކަން ނައްތާލުމަށް އަތުކުރި އޮޅާލައިގެން އޮތް ސަރުކާރެއް: ޑރ ޖަމީލު
މިއީ ނޫސްވެރިކަމުގެ މިނިވަންކަން ނައްތާލުމަށް އަތުކުރި އޮޅާލައިގެން އޮތް ސަރުކާރެއް: ޑރ ޖަމީލު / ތޭރަ އޮންލައިން

މިއީ ނޫސްވެރިކަމުގެ މިނިވަންކަން ނައްތާލުމަށް އަތުކުރި އޮޅާލައިގެން އޮތް ސަރުކާރެއް: ޑރ ޖަމީލު

May 3, 2026, 03:52 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކަރަކީ ނޫސްވެރިކަމުގެ މިނިވަންކަން ނައްތާލުމަށް އަތުކުރި އޮޅާލައިގެން އޮތް ސަރުކާރެއް ކަމަށް ކުރީގެ ނައިބު ރައީސް، އަދި ޕީއެންއެފްގެ ވެސް ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބާގައި ޑރ ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިހާރުގެ ސަރުކާރުން މިނިވަން މީޑިއާތައް ކޮންޓްރޯލްކުރުމަށްޓަކައި ޤާނޫނުތަކަށް ބަދަލުތައް ގެނެސް، ނޫސްވެރިކަމުގެ މިނިވަންކަން ކުރިން ދުވަހަކުވެސް ދަށަށް ނުދާ މިންވަރަށް ހީނަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ގުޅޭގޮތުން ކުރެވޭ އަބުރުގެ ތުހުމަތުތަކާ ގުޅިގެން، ވަކިން ހާއްސަކޮށް "އަަދަދު" ނޫހާއި އެ ނޫހުގެ ނޫސްވެރިންނަށް ޖިނާއީ ދައުވާ އުފުލައި، ސަރުކާރުން ދަނީ ނޫސްވެރިންނަށް ބިރުދައްކަމުންކަން ފާހަގަކުރައްވާ ޑރ ޖަމީލު އިތުރަށް ވިދާޅުވެފައިވަނީ،  މިއީ ރާއްޖޭގެ ނޫސްވެރިކަމުގެ ތާރީހުގައި ދެކޭ އެންމެ ކަޅު އަނދިރި ދުވަސްތައް ކަމަށާ، މި ސަރުކާރަކީ ނޫސްވެރިކަމުގެ މިނިވަންކަން ނައްތާލުމަށް އަތުކުރި އޮޅާލައިގެން އޮތް ސަރުކާރެއް ކަމަށެވެ.

ހަމައެހެންމެ، މީޑިއާގެ މިނިވަންކަން ކޮންޓްރޯލް ކުރުމަށް އަމާޒުކޮށްގެން ޤާނޫނު ހެދުމުގެ ތެރެއިން މިނިވަން މީޑިއާތަކުގެ މައްޗަށް މި ސަރުކާރުން ބާރުގަދަ ކުރަމުންދާއިރު އެއީ މިގައުމު މީގެ ކުރިން ދެކެފައިނުވާކަންކަން ކަމަށްވެސް ޑރ ޖަމީލުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ޑިމޮކްރެސީ އައިފަހުން މިހާތަނަށް އެންމެ ބޮޑަށް ނޫސްވެރިންނަށް ފިއްތުންތައް ކުރިމަތިކުރުވި ސަރުކާރަކީ މިއީ ކަމަށް ގިނަ ބަޔަކު ބުނަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved