

ޅ. ނައިފަރު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް 679.03 މިލިއަން ރުފިޔާއަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓަރަކްޗާ ގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައ،ި މި މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވ،ީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައުދީ އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑރ. އަބްދުﷲ މުއްތަލިބް އެވެ.
މި މަޝްރޫއުގެ ދަށުން، 44.80 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއ،ި 1,813 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓްޖެހުމާއ،ި 474 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއ،ި 803 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތް އެމްޓީސީއާ ހަވާލުކޮށްފަވަނީ 679.03 މިލިއަން ރުފިޔާއަށް، 630 ދުވަހުން ނިންމާގޮތަށެވެ.
ނައިފަރަކީ އާބާދީގައި 5700 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށެކެވެ. އާބާދީ އިތުރުވުމާއެކު ރަށުގައި ބޭނުންކުރާ ކަނޑު އުޅަނދުތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.