April 27, 2026
Advertisement
-
- / ރައީސް އޮފީސް

ތަހުގީގު ހިނގަމުންދާތީ ކަމަށް ބުނެ ސަރުކާރު ޓެކްސީ ލައިނާއި އެޕްލިކޭޝަންގެ މައުލޫމާތު އެމްޓީސީސީން ސިއްރުކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 26, 2026, 10:52 PM
މާލެ ސިޓީ

ސަރުކާރުގެ މައި ކުންފުނި އެމްޓީސީސީން މާލެ ސަރަހައްދުގައި ފަށާފައިވާ "މާލެ ޓެކްސީ" ލައިނާއި އެ ހިދުމަތަށް ހާއްސަކޮށް ތައްޔާރުކުރި އެޕްލިކޭޝަނާ ގުޅޭގޮތުން ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތަކެއް ފެންމަތިވެފައި ވަނިކޮށް، އެކަމާ ގުޅޭ ތަފްސީލީ މައުލޫމާތު ދިނުމަށް އެ ކުންފުނިން އިއުތިރާޒުކޮށްފި އެވެ. އެމްޓީސީސީން ބުނަނީ އެ މައުލޫމާތުތަކަކީ މިހާރު ތަހުގީގީ އިދާރާއަކުން ބަލަމުންދާ މައްސަލައަކާ ގުޅުންހުރި ކަންކަން ކަމަށްވާތީ، އެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ.

Advertisement

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބަށް އެންމެ 72 ގަޑިއިރަށް ވެފައި ވަނިކޮށް، ސަރުކާރުން ކުލަގަދަ ރަސްމިއްޔާތެއްގައި އިފްތިތާހުކުރި "މާލެ ޓެކްސީ" އެޕްލިކޭޝަނަކީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ހިންގާފައިވާ މުއާމަލާތެއް ކަމަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. އެގޮތުން، ރާއްޖޭގެ ތަޖުރިބާކާރު ބޮޑެތި ޓެކް ކުންފުނިތަކަށް ފުރުސަތު ނުދީ، ވާދަވެރި ބީލަމެއް ނެތި މި އެޕްލިކޭޝަން ހަދަން ހަވާލުކުރީ 13 މިލިއަން ރުފިޔާއަށެވެ. މިއީ މިފަދަ އެޕްލިކޭޝަނެއް ހެދުމަށް ދާނެ އަގަށް ވުރެ އެތައް ގުނައެއް ބޮޑު އަދަދެކެވެ.

މި މުއާމަލާތުގެ ވަށައިގެން ހުރި ކަންކަމަށް ބަލާއިރު، މިއީ ނިމިދިޔަ ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ކެމްޕޭނަށް ފައިސާ ހޯދުމަށް ހިންގި ސިޔާސީ މުއާމަލާތެއް ކަމުގެ ތުހުމަތު ވެސް ވަނީ ފެންމަތިވެފައެވެ.

ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ކުރި ހަރަދުތަކާއި، ގެނައި ކާރުތަކުގެ ތަފްސީލާއި، އެޕްލިކޭޝަންގެ މައުލޫމާތު ހޯދުމަށް  މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ނޫސް އިދާރާއަކުން އެމްޓީސީސީއަށް ހުށަހެޅި މައްސަލައާއި ގުޅިގެން އެމްޓީސީސީ އިން ހާމަކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވަނީ އެ މައުލޫމާތުތަކަކީ ސަރުކާރުގެ އިދާރާއަކުން ތަހުގީގުކޮށް ބަލަމުންދާ މައްސަލައަކާ ގުޅުންހުރި މައުލޫމާތުތަކެއް ކަމަށެވެ. އަދި އެ މައުލޫމާތު އާންމުކުރުމަކީ ތަހުގީގަށް އަސަރުކުރާނެ ކަމެއް ކަމަށް ބަލައި، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގެ ދަށުން ލިބިދޭ ގާނޫނީ އިމްތިޔާޒުގެ ބޭނުން ހިފައި، އެ މައުލޫމާތު ދޫނުކުރުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

މި މަޝްރޫއާ ގުޅިގެން ސުވާލު އުފެދިފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި ހިމެނެނީ:

މި ހުރިހާ ތުހުމަތުތަކެއް ފެންމަތިވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދަވަނީ މިފަދަ ކަމެއް ހިނގައިގެން އުޅޭކަން އެމަނިކުފާނަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. ނަމަވެސް، ސަރުކާރުގެ ކުންފުންޏަކުން މިހާ ބޮޑު މަޝްރޫއެއްގެ މައުލޫމާތު ތަހުގީގުގެ ނަމުގައި ސިއްރުކުރުމަކީ ކޮރަޕްޝަންގެ ތުހުމަތުތަކަށް އިތުރު ބާރެއް ލިބިގެންދާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved