May 4, 2026
Advertisement
ގުގުރާ ވިދާނެތީ ރައްކާތެރި ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
ގުގުރާ ވިދާނެތީ ރައްކާތެރި ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި / ސޯޝަލް މީޑިއާ

ގުގުރާ ވިދާނެތީ ރައްކާތެރި ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

May 4, 2026, 04:08 PM
މާލެ ސިޓީ

މޫސުން ގޯސްވެ ގަދައަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން، ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

Advertisement

ބާރަށް ގުގުރާނެ ކަމަށް ލަފާކޮށް ޅ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ރީނދޫ އެލާޓް މެޓުން ނެރެފައިވާއިރު، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ގުގުރުމުން ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ދުރާލާ ތައްޔާރުވެ ފިޔަވަޅުއެޅުމަށް އިލްތިމާސްކޮށްފައެވެ.

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ވިދާ ގުގުރާނެ ކަމަށް ލަފާކޮށްފައިވާތީ އެކަމުން ލިބޭނެ ގެއްލުންތައް ކުޑަކުރުމުން ދުރާލާ ތައްޔާރުވެ، ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފައެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި:

ހާމަ ތަންތަނާއި ޓެރެސް ފަދަ އުސް ތަންތަނުން ދުރުހެލިވުން

އިމާރާތްތަކުގެ ތެރޭގައި ތިބުން- ބޭރުގައިނަމަ ވިއްސާރައިން ހިޔާވުމަށް އުސް ތަންތަން ކައިރީ އަދި ގަސްތަކުގެ ދަށުގައި ނުތިބުން

އިލެކްޓްރޯނިކް ތަކެތިން ކަރަންޓު ކަނޑާލުން ފަދަ ކަންކަމާއި ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ އެތަކެތި ބޭނުންކުރުމުން ދުރުހެލިވުން

ފެންބޮޑުވެފައިވާ ސަރަހައްދުތަކާއި ތެމިފައިވާ ތަކެއްޗާއި ދަގަނޑު ތަކެތިން ދުރުހެލިވުން

ބޯކޮން ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔާރ އެންޑް ރެސްކިޔު އިން މިހާރު ވަނީ މާލޭގައި ހަރަކާތްތެރިވާން ފަށާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved