May 4, 2026
Advertisement
.
.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ވީޑިއޯ ވިއްކި ކަމަށް ތުހުމަތުކުރި ޒުވާނާ ބަންދުން ދޫކޮށްލައިފި

Yana Shareef
ޔާނާ ޝަރީފް
May 4, 2026, 09:33 PM

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ކްރިޕްޓޯކަރަންސީ ބޭނުންކޮށްގެން ގަނެ ވިއްކާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތ. ވިލުފުށީ މޫނިމާގެ، އާދަމް އަދްލާން ލަތީފް (22އ) ހެކި ނެތިގެން ކުރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

Advertisement

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މި މައްސަލާގައި އަދްލާން ހައްޔަރުކުރީ މިދިޔަ މަހުގެ ފަސްވަނަ ދުވަހުއެވެ.

ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި އޭނާ ވަނީ "ބައިނޭންސް" އެކްސްޗޭންޖްގެ ވޮލެޓެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ފޮޓޯއާއި ވީޑިއޯގެ ވިޔަފާރިކޮށްފައެވެ.

މި މައްސަލާގައި އޭނާ ބަންދުން ދޫކޮށްލުމަށް ކޯޓުން ކުރި އަމުރުގައި ބުނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް ބާރުދޭނެ އެކަށީގެންވާ ހެއްކާއި ގަރީނާ ފުލުހުންނަށް ހުށަހެޅިފައި ނުވާ ކަމަށެވެ. މީގެ އިތުރުން، އިންޓަޕޮލްގެ ފަރާތުން ލިބިފައިވާ ކަމަށް ބުނާ މައުލޫމާތުތައް ހިމެނޭ ރަސްމީ ލިޔުމެއް ޝަރީއަތަށް ހުށަހަޅާފައި ނުވާކަންވެސް ކޯޓުން ފާހަގަކުރިއެވެ.

އަދި މި މައްސަލާގައި ބަޔާން ދިން އެއްވެސް ފަރާތަކުން އޭނާއާ ދެކޮޅަށް އެއްވެސް ވާހަކައެއް ބުނެފައި ނުވާ ކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ، އަދްލާންގެ އަތުން ފެނުނު އިލެކްޓްރޯނިކް ސާމާނުތައް ތަހުލީލު ކުރިއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ގިނަ އަދަދެއްގެ ވީޑިއޯ އާއި ފޮޓޯ ފެނިފައިވާ ކަމަށެވެ. އަދި ކްރިޕްޓޯ އެކައުންޓް މެދުވެރިކޮށް މިކަމުގެ މުއާމަލާތްތައް ހިންގާފައިވާ ކަމަށްވެސް ފުލުހުން ކުރިން ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved