April 18, 2026
Advertisement
.
.

ޑީސީޕީ ފަރުހާދުގެ ދަރިޔަށް ފިޔަވަޅު ނާޅާ، މަސްތުވާތަކެއްޗާ ދެކޮޅަށް ވާހަކަ ދެއްކުމުން ގިނަ ބަޔަކު ފާޑު ކިޔަނީ

Yana Shareef
ޔާނާ ޝަރީފް
Apr 17, 2026, 01:43 PM

މަސްތުވާތަކެތީގެ ނުރައްކާތެރި ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ގޭންގެއްގެ އިސް މެންބަރަކަށް އަމިއްލަ ދަރިފުޅު ހުރިއިރު، ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކްރީ މަސްތުވާތަކެއްޗާ ދެކޮޅަށް ޕޯޑިއަމްގައި ހުންނަވައި ވާހަކަދެއްކެވުމުން އާންމުން ފާޑުކިޔަން ފަށައިފިއެވެ.

Advertisement

ސޯޝަލް މީޑިއާގައި މި މައްސަލަ ހޫނުވެފައިވާއިރު، ގިނަ ބަޔަކު ދަނީ އާއިލީ ގޮތުން ކުށްވެރި ގޭންގަކާ މިފަދަ ބޮޑު ގުޅުމެއް އޮތް ބޭފުޅަކު، ފުލުހުންގެ އެންމެ މަތީ މަގާމަށް އައްޔަންކުރުމުގެ ކުރިން ހަދަންޖެހޭ "ވެޓިންގް" މަރުހަލާތަކުން ސަލާމަތްވީ ކިހިނެއްތޯ ސުވާލު އުފައްދަމުންނެވެ.

އާންމުން ފާހަގަކުރާ ގޮތުގައި، ބައިނަލްއަގުވާމީ ފުލުހުންގެ މިންގަނޑުތަކުގައި އާއިލީ ގާތް މީހަކު އިންތިޒާމުވެގެން ހިންގާ ކުށްތަކުގައި ބައިވެރިވުމަކީ މަގާމުގެ މަސްލަހަތު ފުށުއަރާ ސީރިއަސް މައްސަލައެކެވެ.

ނަމަވެސް، އެހެން ކެންޑިޑޭޓުންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާއިރު، ފަރުހާދުގެ މިފަދަ ބޮޑު ކަމެއް އިންޓެލިޖެންސް ރިޕޯޓުތަކުން "ކްލިއަރ" ވެފައި އޮތުމަކީ މުޅި މުއައްސަސާގެ އިތުބާރާ މެދު ސުވާލު އުފެދޭ ކަމެކެވެ.
 "މަސްތުވާތަކެތީގެ ހަނގުރާމަ އަމިއްލަ ގޭތެރޭގައި އޮވެ، އާންމުންގެ އިތުބާރު ހޯދުމަކީ މުސްތަހީލު ކަމެއް" ކަމަށް ބުނެ، ގިނަ ބަޔަކު ދަނީ މިކަމުގައި ފުލުހުންގެ ލީޑަޝިޕުން ޖަވާބުދާރީވުމަށް ގޮވާލަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved