
"އަދަދު" ނޫހުން ގެނެސްދީފައިވާ "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގުގައި އެ ނޫހުން އޮފީހުން ގެންދިޔަ ލެޕްޓޮޕްތަކާއި ހާޑުތަކުގެ ޕާސްކޯޑު ދޭން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ ފުލުހުން ހިފަހައްޓާފައިވާ ލެޕްޓޮޕަތަަކާއި، ހާޑް ޑިސްކްތަކާއި، އަދި އެންމެހާ ވަސީލަތްތަކުގެ ޕާސްކޯޑުތައް ދިނުމަށާއި، ކްލައުޑުގައި ރައްކާކޮށްފައި ހުރި މައުލޫމާތު ދިނުމަށެވެ.
"އަދަދު" ނޫހުގެ ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވީ، އެ ނޫހުގެ ފަރާތުން ސީއީއޯ ހުސަައިން ފިޔާޒް، އެއްވެސް މީހެއްގެ މައްޗަށް ގަޒްފުކޮށްފައި ވާހަކަދައްކާފައި ނުވާނެ ކަމަށާއި، މައްސަލަ ކުރިއަށް ދަނީ ވަކި ބައެއްގެ ނުފޫޒު އޮވެގެން ފެންނާތީ އާއި ގާނޫނު އަސާސީން ލިބިދޭ މަސްދަރު ހާމަނުކުރުމުގެ ހައްގުގެ ދަށުން، އެ މަސްދަރު ހާމަކުރެވެން ނެތް ކަމަށް އަންގާފައިވާނެ ކަަަމަށެވެ.
މި މައްސަލައާ ގުޅިގެން މީގެ ކުރިން ފިޔާޒް އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުވެސް ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. އަދި ދެ މީހުންވެސް ވަނީ އެ މައްސަލައިގައި ހަނު ހުރުމުގެ ހައްގުގެ ބޭނުން ކޮށްފައެވެ.










