May 6, 2026
Advertisement
.
. / ސޯޝަލް މީޑިއާ

އިރާނުގެ އަސްކަރިއްޔާ ސުންނާފަތިކޮށްފައިވާކަމަށް ބުނެ ޓްރަމްޕް މޮޔަ ގޮވަނީ

May 6, 2026, 01:07 AM

އީރާން އަސްކަރިއްޔާ އެއްކޮށް ސުންނާފަތިކޮށްލާފައިވާ ކަމަށް އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

Advertisement

އެމެރިކާގެ ވޮޝިންޓަން ޑީސީގައި ބޭއްވި ހަފްލާއެއްގައި ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޓްރަމްޕް ބުނެފައިވަނީ އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އެ ހަމަލާތަކާއި ގުޅިގެން އީރާން ބޮޑެތި މަނަވަރުތައް ނުގެންގުޅޭ ކަމަށް ވަނީ ބުނެފައެވެ.

ޓްރަމްޕް ބުނެފައިވަނީ އީރާނުން މީގެ ކުރިން ގެންގުޅުނު ވަރުގަދަ އަދި ބޮޑެތި އުޅަނދުތައް މިހާރު ތިބީ ކަނޑު އަޑިއަށް ފައްތާފައި ކަމަށެވެ.

"އެމީހުން ގެންގުޅުނު ހުރިހާ އުޅަނދެއް މިހާރު ތިބީ ކަނޑު ފައްތާފަ" ޓްރަމްޕް ބުންޏެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ގުޅޭ ގޮތުން ޓްރަމްޕް ބުނެފައިވަނީ އެމީހުންނަކީ އެއީ ބަލި ބައެއް ކަމަށާއި މޮޔަ ބަޔަކަށް ނިއުކްލިއާ ހަތިޔާރު ގެންގުޅުނު ނުދޭނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved