April 17, 2026
Advertisement
ޓުއަރިސަމް
ޓުއަރިސަމް / ސޯޝަލް މީޑިއާ

ފަސް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް

Aishath Naja
އައިޝަތު ނަޖާ
Mar 18, 2024, 06:56 PM
މާލެ ސިޓީ

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ފަސް ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

Advertisement

އެ ވުޒާރާއިން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މާރިޗް 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 506،015 ފަތުރުވެރިން އައިސްފައި ވެއެވެ.

މިދިިޔަ އަހަރު މި މުއްދަތުގެ ތެރޭގައި ރާއްޖެ އައިސްފައި ވަނީ 445،625 ފަތުރުވެރިންނެވެ.

މިއީ މިދިޔަ އަހަރާއި އަޅާކިޔާއިރު، %13.6 އިންސައްތައިގެ ކުރިއެރުމެކެވެ.

ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަކަށް ވެފައި ވަނީ ޗައިނާއެވެ. އެ ގައުމުން މިހާތަނަށް ރާއްޖެ އައިސްފައި ވަނީ 60،243 ފަތުރުވެރިންނެވެ.

އެ ލިސްޓުގެ ދެވަނައިގައި އޮތް ރަޝިޔާއިން ރާއްޖެއަށް 53،376 ފަތުރުވެރިން އައިސްފައިވާއިރު، ތިންވަނައިގައި އޮތް އިޓަލީން ރާއްޖެއަށް 48،435 ފަތުރުވެރިން އައިސްފައި ވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރު މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހެވެ.

އެ ދުވަހު ރާއްޖެއަށް 8،900 ފަތުރުވެރިން އައިސްފައި ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved