theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އިޝާން / ސޯޝަލް މީޑިއާ
ހަބަރު
ކައުންސިލަރ އިޝާން ސަލާމަތީ ބާރުތަކާ ކުރިމަތިލާ ހަޑި ހުތުރު ބަހުން ވާހަކަ ދައްކައިފި
11 އޯގަސްޓު 2025
މާލެ ސިޓީ

މައްޗަންގޯޅީ މެދު ދާއިރާގެ ކައުންސިލަރު ފާޠިމަތު އިޝާން، ގައުމުގެ ސަލާމަތީ ބާރުތަކާ ކުރިމަތިލާ ހަޑި ހުތުރު ބަހުން މުއާމަލާތްކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިޝާން މިފަދަ ގޮތަކަށް އަމަލުކޮށްފައިވަނީ އޭނާ ބަޔަކަށް ކުއްޔަށް ދޫކޮށްފައިވާ ގުދަނެއްގެ ކުލީގެ މައްސަލަ ޖެހި މިއަދު ހިނގި ހާދިސާއެއްގެ ތެރެއިންނެވެ.

އެގޮތުން އިޝާން ބަޔަކަށް ދޫކޮށްފައިވާ ގުދަނެއްގެ ކުލި ނުލިބިގެން އޭނާ ވަނީ މިއަދު ގޮސް އެ ގުދަނުގައި ބޮޑު ތަޅުއަޅުވާފައެވެ. ނަމަވެސް އެ ގުދަނަކީ ކެމިކަލް ރައްކާކުރަން ހަދާފައި ހުރި ގުދަނަކަށްވުމުން އެފަދައިން ގުދަން ބަންދުކޮށްފައި ހުއްޓާ ހިނގައިދާނެ ނުރައްކާތެރި ހާދިސާއަކަށް ތައްޔާރުވެ ގައުމީ ސަލާމަތީ ބާރުވެސް އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައިވެއެވެ.

މަންޒަރު ދުށް މީހަކު "ތޭރަ އޮންލައިން"އަށް ކިޔައިދިން ގޮތުގައި، ގުދަނަކީ ކެމިކަލް ރައްކާކުރާ ތަނަކަށްވުމުން އާންމު ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެމްއެންޑީއެފުގެ ޒިންމާއަކަށްވެސް ވާތީއެކު ސަލާމަތީ އެ ބާރުގެ ފަރާތުން އެ ސަރަހައްދުގައި ހަރަކާތެރިވާން ފެށުމުން އިޝާން ވަނީ ސަލާމަތީ ބާރުތަކުގެ ޒިންމާއަށް ހުރަސް އެޅޭ ގޮތަށް އަމަލުކޮށް އެ ބޭފުޅުންނާ ހަޑި ހުތުރު ބަހުން މުއާމަލާތްކޮށްފައެވެ. އަދި އެމްއެންޑީއެފުގެ ބޭފުޅުންނަށް ވަޒީފާގެ ބިރުވެސް ދައްކާފަދަ މޭރުމަކުން އިޝާން ވާހަކަ ދައްކާފައިވާ ކަމަށް މަންޒަރު ދުށް ފަރާތުން ވަނީ ކިޔައިދީފައެވެ.

ކެމިކަލް ރައްކާކުރަން، ކައުންސިލަރ އިޝާން މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުރި އިމާރާތެއް ކުއްޔަށް ދޫކޮށްފައި ހުރިއިރު، މީހުން ދިރިއުޅޭ ސަރަހައްދުގައި ކެމިކަލް ރައްކާކުރުމަކީ މިހާރު މަނާވެސް ކަމެކެވެ. އެހެންކަމުން ކުލި ނުލިބިގެން އިޝާން ގުދަން ބަންދުކުރިއިރު އޭނާ އެ ގުދަން ކުއްޔަން ދޫކޮށްފައިވަނީ ގަވާއިދާ ޚިލާފަށްކަން ފާހަގަކޮށްލެވެއެވެ.

ގުދަނީ ލޮނުޒިޔާރަތްމަގު، ލިންކް ސާވް ކައިރީ ހުންނަ، ގ. އައިނާއެޑަމްސް ނަމަކަށް ކިޔާ ތަނެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް ލިބޭތޯ ކުރި މަސައްކަތް ވަނީ އަދި ކާމިޔާބުވާ ގޮތް ނުވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved