May 18, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ގދ. ވާދޫ ކައިރީގައި ރާޅާ އަޅަން އުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

Aiminath Sarah
އައިމިނަތް ސާރާ
May 18, 2026, 07:23 PM
މާލެ ސިޓީ

ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާ އެޅުމަށް މޫދަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

Advertisement

ފުލުހުންގެ އިދާރާއިން ހާމަކުރެއްވި ގޮތުގައި، ވާދޫ ކައިރީގައި އޮތް ސަފާރީއަކުން މޫދަށް ފޭބި މީހަކު ގެނބިގެން އުޅޭކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ މިއަދު މެންދުރު 12:57 އެހައިކަންހާއިރުއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ސްޕެއިންއަށް ނިސްބަތްވާ 53 އަހަރުގެ ފިރިހެނެކެވެ.

ގެނބުނު ފަތުރުވެރިޔާ ވަގުތުން ގދ. ވާދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވީ ނަމަވެސް، މަރުކަޒަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. ރާއްޖޭގެ ރާޅާ އަޅާ ސަރަހައްދުތަކުގައި މިފަދަ ހާދިސާތައް ދޭތެރެއަކުން ހިނގަމުންދާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved