
ފުލުހުން ހިންގަމުންދިޔަ ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިން ގެއްލިގެން ހޯދަމުންދިޔަ ފުލުސް އޮފިސަރަކު، މޫދު އަޑިން ނިޔާވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ފުލުހުންގެ މުއައްސަސާއިން މިހާރު ދަނީ މިކަން ހިނގައިދިޔަ ގޮތް އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް، މިއީ ފުލުހުންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ދިމާވި ވަރަށް ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި ފުލުހުން ފާހަގަކުރެއެވެ.
އިތުރު ތަފްސީލް އަންނަނީ










