June 7, 2026
Advertisement
-
-

ގދ. ގައްދޫ ކައިރިއަށް އެންދަމަން ފޭބި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ

Aiminath Sarah
އައިމިނަތް ސާރާ
Jun 7, 2026, 09:18 AM
މާލެ ސިޓީ

ގދ. ގައްދޫ ކައިރިއަށް އެންދަމަން ފޭބި ޒުވާނަކު ގެއްލިގެން ހޯދަމުން ދަނިކޮށް، މަރުވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ.

Advertisement

ފުލުހުންގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، މަސްދޯންޏެއްގައި މަހަށް ގޮސް އުޅުނު މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ފަތިހު 5:40 ހާއިރުއެވެ. މި ރިޕޯޓާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ ޒުވާނާ ފެނިފައިވަނީ މޫދު އަޑީގައި އޮއްވައެވެ.

މި ހާދިސާއާ ގުޅޭގޮތުން އިތުރަށް އެނގިފައިވާ ގޮތުގައި، އެ ޒުވާނާ ހޯދުމުގެ މަސައްކަތް ފަށާފައިވަނީ އެންދަމަން މޫދަށް ފޭބި ފަހުން މައްޗަށް ނާރާ ގިނަ އިރުތަކެއް ވުމާ ގުޅިގެންނެވެ.

މަރުވެފައި އޮއްވާ ފެނުނު ޒުވާނާ މިހާރު ވަނީ ފުލުހުންގެ ލޯންޗެއްގައި ގދ. ގައްދޫއަށް ގެންގޮސްފައެވެ. ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved