
ހުޅުމާލެ ފޭސް 1 ގައި ހުރި ގެސްޓްހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެއެވެ.
ފުލުހުން ބުނީ، ގެސްޓްހައުސްއެއްގެ ތިންވަނަ ފަންގިފިލާގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. އެ މީހާ ފެނުމާއެކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މި ހާދިސާގައި މަރުވެފައި އޮއްވާ ފެނުނީ މ. ސްޓާ، މުހައްމަދު ރަޒީން (50އ) އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެކެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.










