June 13, 2026
Advertisement
-
- / ޕޮލިސް

ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރި ދެ މީހަކު ވިލިނގިލިން ހައްޔަރުކޮށްފި

Aiminath Sarah
އައިމިނަތް ސާރާ
Jun 1, 2026, 04:34 PM
މާލެ ސިޓީ

ކުޑަކުދިން މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރުވި ކަމުގެ ތުހުމަތުގައި ގއ. ވިލިނގިލިން ދެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

Advertisement

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކުޑަކުދިން ބައިވެރިކޮށްގެން މަސްތުވާތަކެތި ވިއްކާ ފަރާތްތަކަށް އަމާޒުކޮށް، ގއ. ވިލިނގިލި ޕޮލިހާއި ކައުންޓަރު ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

މެއި 28 ވަނަ ދުވަހުގެ ހެނދުނު ހިންގި މި އޮޕަރޭޝަނުގައި އެ ރަށުގެ ހަތަރު ގެއެއް ބަލައިފާސްކޮށްފައިވެއެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ފާސްކުރުންތަކުގެ ތެރެއިން ވަގުތީ ބަރުދަނުގައި ޖުމްލަ 66.92 ގްރާމް މަސްތުވާތަކެތި ވަނީ ހޯދާފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ މި ނެޓްވޯކުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުކުރެވޭ ވިލިނގިލީގެ ދެ ފިރިހެނުންނެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ ރަށު މެޖިސްޓްރޭޓް ކޯޓުން ވަނީ އެ މީހުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ.

ފުލުހުން ވިދާޅުވީ، މިއީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގައި ނާޖާއިޒު ފައިދާ ނެގޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދީ، އެފަދަ ކަންކަމުން އެ މީހުން ދުރުކުރުމަށް ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އަދި މީގެ އިތުރުން "ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު" ގެ ދަށުން ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށްތަކުން އެކުދިން ސަލާމަތްކުރުމަކީވެސް މި މަސައްކަތުގެ މުހިންމު މަގުސަދެއް ކަމަށް ފުލުހުން ފާހަގަކުރެއްވިއެވެ.

މި މައްސަލަ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved