April 13, 2026
Advertisement
ނުޒުހަތުއަށް ފޮނުވި ފަތްކޮޅު
ނުޒުހަތުއަށް ފޮނުވި ފަތްކޮޅު / އަދަދު

ކުރީ ސަރުކާރުން ބްރޮޑްކޮމްއަށް އައްޔަންކުރި މެމްބަރަށް ރައީސް ފަތްކޮޅު ނޭރުވި!

Mariyam Isaadha
މަރިޔަމް އިސާދާ
Mar 19, 2024, 05:31 PM
މާލެ ސިޓީ

ބްރޯޑް ކާސްޓިން ކޮމިޝަން (ބްރޮޑްކޮމް)ގެ މެމްބަރު ކަމަށް ކުރި ސަރުކާރުން ނަން ފޮނުވި ކުރީގެ ނޫސްވެރިޔާ އައިމިނަތު ނުޒުހާއަށް ރައީސް މުހައްމަދު މުއިއްޒުގެ އަތްޕުޅުން ފަތްކޮޅު ނާރުއްވާ ގެއަށް ފަތްކޮޅު ފޮނުވައިފިކަން ހާމަވެއްޖެއެވެ.

Advertisement

ނުޒުހަތުގެ ނަން މަޖިލީހަށް މަޖިލީހަށް ފޮނުއްވީ ކުރިގެ ރައިސް، އިބްރާހިމު މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ. އެގޮތުން ފެބްރުއަރީ، 21، ގައި މަޖިލީހުން ރުހުން ދީފައިވާ އައިމިނަތު ނުޒުހާ މަގާމަށް އައްޔަން ކުރުމަށް ރައީސް އޮފީހުގައި ރަސްމިއްޔާތެއް ބޭއްވުމުގެ ބަދަލުގައި މަގާމުގެ ފަތްކޮޅު ގެއަށް ފޮނުވައިވާކަން ނުޒުހަތު ވަނީ ޗެނަލް13އަށް ކަށަވަރު ކޮށްދެއްވާފައެވެ.

ނުޒުހަތު ވިދާޅުވީ، ބްރޮޑްކޮމް މެމްބަރުކަމަށް އެޕޮއިންޓުކުރަން ރައީސް ނިންމެވިކަން އެންގީ ފުރަތަމަ ފޯނުން ކަމަށާ އެޑްރެސް ދެއްވަން އެދިވަޑައިގަތުމުން އެޑްރެސް ދެއްވިތާ ގަޑިއިރެއް ފަހުން ގެއަށް ފަތްކޮޅު ޑެލިވަރ ކޮށްފައިވާ ކަމަށެވެ.

މިއަދު ރައީސް އޮފީހުން އަޅުގަޑަށް ގުޅާފަ ބުނި، ރައީސް ނިންމަވާފައޭ އިނީ އެޕޮއިންޓުކުރަން. އެހެންވީމަ ފަތްކޮޅު ހަވާލުކުރަން އެޑްރެސް ދެއްވާށޭ. ދެން އަޅުގަޑު އެޑްރެސް ދެއްވިތާ ގަޑިއިރެއް ނުވަނީސް ފަތްކޮޅު ގެއަށް ހަވާލުކޮށްފި. އެއްވެސް ވަރަކަށް ރައީސް އޮފީހަށް ވަޑައިގެން ފަތްކޮޅާ ހަވާލުވާން ކުރިން އަންގާފައިވެސް ނުވޭ.

ނުޒުހަތު

ބްރޯޑްކާސްޓިން ގާނޫނުގެ ދަށުން އުފައްދާފައިވާ ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންނަކީ ޝަރުއީ ކޯޓެއްގެ ފަނޑިޔާރެއްގެ ކުރިމަތީގައި ހުވާ ކުރަން ޖެހޭ ބައެއް ނޫނެވެ.

އެހެން ނަމަވެސް, އެ ކޮމިޝަން އުފެދިގެން މިއަދާ ހަމައަށް އައިއިރު ވެސް މެމްބަރުން އައްޔަނުކުރާ ކޮންމެ ފަހަރަކު ރައީސް އޮފީހަށް ހާޒިރުވެ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތެއްގައި ފަތްކޮޅާއި ހަވާލުވެ އެވެ. އަދި, ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކާ ބައްދަލުކުރައްވައި ރަސްމީ ގޮތުން މަޝްވަރާކުރެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ރައީސް އަބްދުﷲ ޔާމީންގެ އިތުރުން ނިމިގެންދިޔަ ސަރުކާރުގައި ވެސް ރައީސް އޮފީހުން އަމަލުކޮށްފައި ވަނީ އެހެންނެވެ.

ކޮމެންޓު
ކޮމެންޓްތައު
ޅަރީތި ތުއްތު
Mar 19, 2024, 05:43 PM
ހުސް ގޮނޑި ބަހައްޓައިޓެން ވޯޓު ހޯދުމަށްފަހު ހުރި ހަޔާތް ކުޑަކަމުން އަދި ބާންދީން ލައްވާ މައްލަވަ ކުރަން އެބައުޅެއެއްނު.
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved