March 24, 2026
Advertisement
ރައްޔިތުން މަޖިލީހުގެ ބޭރުގެ ފޮޓޯއެއް
ރައްޔިތުން މަޖިލީހުގެ ބޭރުގެ ފޮޓޯއެއް / ސަން އޮންލައިން

މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

Aishath Naja
އައިޝަތު ނަޖާ
Jan 12, 2024, 06:11 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމަށް ކުރިމަތުލުމަށް ރައްޔިތުން މަޖިލީހުގެ އިދާރާއިން އިއުލާނުކޮށްފިއެވެ.

Advertisement

މަޖިލީހުގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް ކުރިމަތިލުމަށް މިއަދު ހުޅުވާލާފައިވާ ކަަމަށެވެ.

އެ މަގާމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރު ފުރިފައިވާ ދިވެހިންނަށެވެ. އަދި އެ މީހާއަކީ މުސްލިމަކަށް ވާން ޖެހޭއިރު، ސުންނަތް ޖަމާއަތުގެ މީހެއް ކަމަށް ވާން ޖެހޭނެއެވެ. އަދި ބުއްދި ހަމައަށް ހުރި މީހަކަށްވުމާއެކު އެންމެ ދަށްވެގެން ސަލާމަތީ ހިދުމަތްތަކުގެ ފަސްޓް ލެފްޓިނަންޓް ނުވަތަ އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައި ވަޒީފާ އަދާކޮށްފައިވާ މީހަކަށް ވާން ޖެހެއެވެ.

މަޖިލީހުގެ އިދާރާގެ ސާޖެންޓް އެޓް އާމްސްއަކީ ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމުގެ މަގާމާ ޖެހިގެން ދެ ވަނައަށް އެންމެ އިސް މަގާމުކަން ފާހަގަކޮށްލެވެއެވެ.

މިކަމަށް ކުރިމަތިލުުގެ ސުންގަޑިއަކީ މި މަހުގެ 25 ވަނަ ދުވަހެވެ. މި މަގާމަށް ހޮވޭ މީހެއްގެ މަހު މުސާރައިގެ ގޮތުގައި 32،000 ރުފިޔާ އާއި ލިވިން އެލޮވެންސްގެ ގޮތުގައި 4،000 ރުފިޔާގެ އިތުރުން ފޯނު އެލޮވެންސްގެ ގޮތުގައި 1،000 ރުފިޔާ އަދި ޕާލިމަންޓަރީ ސާރވިސްގެ ގޮތުގައި މަހަކު 6،400 ރުފިޔާ ލިބޭނެ ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބަޔާންކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved