March 19, 2026
Advertisement
ބެޑްމިންޓަން އެސޯސިއޭޝަންގެ 2023 އޭޖީއެމް މީޓިންގެ ތެރެއިން
ބެޑްމިންޓަން އެސޯސިއޭޝަންގެ 2023 އޭޖީއެމް މީޓިންގެ ތެރެއިން / ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް

އޭސީސީއިން ބެޑްމިންޓަން އެސޯސިއޭޝަނަށް ވަދެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Mar 19, 2024, 06:24 PM
މާލެ ސިޓީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބެޑްމިންޓަން އެސޯސިއޭޝަނަށް ވަދެއްޖެއެވެ.

Advertisement

އޭސީސީއިން ބެންޑްމިންޓަން އެސޯސިއޭޝަނަށް ވަދެފައިވަނީ، އެ އެސޯސިއޭޝަނަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކެއްގައެވެ.

އޭސީސީން ބުނީ، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ރައްދުވާގޮތަށް ހުށަހެޅިފައިވާ ކޮރަޕްޝަނާ ގުޅުންހުރި، ގިނަ ތުހުމަތުތަކަކާ ގުޅިގެން ލިޔެކިޔުމާއި މަޢުލޫމާތު ހޯދުމަށް ކޮމިޝަނުގެ ތަޙުޤީޤު ޓީމެއް އެ އެސޯސިއޭޝަނުގައި ޙަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އެކަމަކު، އެ މައްސަލައާ ގުޅޭ ތަފުސީލެއް އޭސީސީން ހާމަކޮށްފައެއް ނުވެއެވެ.

ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލާއިރު، ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)އާ ގުޅޭ ކޮރަޕްޝަނާއި ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ވެސް ވަނީ ތަހުގީގުކޮށްފައެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ދައުވާކުރަން ވެސް ވަނީ ފޮނުވައިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved