March 22, 2026
Advertisement
އަހުމަދު މުހައްމަދު ނިޝާން
އަހުމަދު މުހައްމަދު ނިޝާން / ތޭރަ އޮންލައިން

ރައީސް ޔާމީން ބްރޭންޑަކަށް ވަނީ އެމަނިކުފާނުގެ ހިދުމަތްޕުޅުން: ނިޝާން

Mariyam Isaadha
މަރިޔަމް އިސާދާ
Mar 19, 2024, 07:54 PM
މާލެ ސިޓީ

ރައީސް އަބަދުﷲ ޔާމީން، "ބްރޭންޑަކަށް" ވަނީ އެމަނިކުފާނު ގައުމަށް ކޮށްދެއްވި އަގު ނުކުރެވޭ ފަދަ ޚިދުމަތްޕުޅުގެ ސަބަބުން ކަމަށް، ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)އިން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާއަށް ކުރިމަތި ލައްވާ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު (ނިޝާން) ވިދާޅުވެއްޖެއެވެ،

Advertisement

ޗެނަލް13 އިން ގެނެސްދޭ ޕީއެންއެފް އަދާހަމައިގައި ވާހަކަ ދައްކަވަމުން ނިޝާން ވިދާޅުވީ، ރައީސް ޔާމީން ކަތޮޅު އަޅުވައިގެން ސިޔާސީ ވާ ފަށަކުން ބަނދެގެން ސަރުކާރުން ދައްކަމުންދާ ނަމޫނާއަކީ ސަރުކާރުގައި ތިބި ބޭފުޅުންގެ ސިޔާސީ ގާބިލުކަން ހުރި މިންވަރު ހާމަވާ ކަމެއް ކަމަށާ އެގޮތުން އަދުގެ ސަރުކާރުގައި ރައީސް ޔާމީން ހިންގެވި މަގަކުން ހިންގެވޭނެ ބަޔަކުވެސް ނެތް ކަމަށް ނިޝާން ވިދާޅުވިއެވެ.

ޑރ. މުއިއްޒަށްވެސް އަދި ކައިރީގައި އެ ތިއްބެވި އެއްވެސް ބޭފުޅަކަށްވެސް ރައީސް ޔާމީން ހިންގެވި މަގަކުން ވެސް ނުދެވޭނެ. ރައީސް ޔާމީން ބްރޭންޑަކަށް ވަނީ ސަބަބކާ ހުރެ. އެއީ އެމަނިކުފާނު މިގައުމުގެ ރައްޔިތުންނަށް ގެނެސްދެއްވި ތަރައްގީއާ ކޮށްދެއްވި އަގު ނުކުރެވޭ ފަދަ މަސައްކަތްޕުޅުގެ ސަބަބުން އެމަނިކުފާނަށް ލިބިގެންދާ ލަގަބެއް.

ނިޝާން

ނިޝާން އިތުރަށް ވިދާޅުވީ، ރައީސް ޔާމީނަށް ސިޔާސީ ގޮތުން ކުރަމުން އަންނަ ގޯނާ ދިވެހި ރައްޔިތުން ވަރަށް ރަގަޅަށް ފާރަވެރި ތިބެ ބަލަމުން ދާ ކަމަށާ އެހެންކަމުން މަޖިލިސް އިންތިހާޞުގައި ރައްޔިތުން ނުކުމެ އެކަން ވޯޓުން ދައްކާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved