July 5, 2026
Advertisement
މުޅި އިގުތިސޯދީ ނިޒާމު އޮތީ ކަފާސްވެ ބޮއްސުންލާފައި: އަލީ ހުސެއިން
މުޅި އިގުތިސޯދީ ނިޒާމު އޮތީ ކަފާސްވެ ބޮއްސުންލާފައި: އަލީ ހުސެއިން / ތޭރަ އޮންލައިން

މުޅި އިގުތިސޯދީ ނިޒާމު އޮތީ ކަފާސްވެ ބޮއްސުންލާފައި: އަލީ ހުސެއިން

Jul 5, 2026, 11:42 AM
މާލެ ސިޓީ

ދިވެހިރާއްޖޭގެ މުޅި އިގުތިސޯދީ ނިޒާމު އޮތީ ކަފާސްވެ ބޮއްސުންލާފައި ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު، ގާނޫނީ ވަކީލު އަލްއުސްތާޛު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

Advertisement

އަލީ މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ގައުމުގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި އިންތިހާއަށް ޑޮލަރުގެ އަގު އެ ބާޒާރުގައި އުފުލި ރައްޔިތުން އެތައް ބުރައަކާ ކުރިމަތިލާން ޖެހިފައިވާވުމަށް އިޝާރާތްކުރައްވާ އަލީ ވިދާޅުވީ، ދައުލަތުން ފާޅުކަން ބޮޑު ގޮތެއްގައި ޑޮލަރުގެ ކަޅު ބާޒާރު ތެރެއަށް ވަންނައިރު މަޖިލީހުގެ ކަމާބެހޭ ކޮމިޓީއާއި މަރުކަޒީ ބޭންކުން އަޅާނުލާ ތިބުމުން ދޭހަވަނީ ދައުލަތުގެ މާލީ އަދި އިގުތިސާދީ ނިޒާމު ކަފާސްވެ ހީނަރުވެފައިވާ މިންވަރު ކަމަށެވެ.

ހަމައެހެންމެ އެއާއެކު އަލި ވިދާޅުވެފައިވަނީ ގައުމުގެ މުޅި އިގުތިސޯދީ ނިޒާމު އޮތީ ބޮއްސުންލާފައި ކަމަށެވެ. 

އަލީ މިފަދައިން ވިދާޅުވެފައިވާއިރު، ގައުމުގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިފައިވާކަން ސަރުކާރުން ވަނީ އެއްބަސްވެފައެވެ. ނަމަވެސް އެއީ ސަރުކާރާ ބެހޭ ކަމެއް ނޫން ކަމަށް ހާމަކޮށްފައިވެއެވެ. ގައުމުގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދޭނީ ދައުލަތާ ސަރުކާރުވެސް ފެއިލްވުމުން ކަމަށް އިގްތިސޯދީ މާހިރުން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved