March 20, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ކުޅުދުއްފުށީ ސިޓީ މޭޔަރު ދެއްކެވި ވާހަކަ ރައީސް އޮފީހުގެ ވީޑިޔޯއިން އުނިކޮށްފި

Aishath Naja
އައިޝަތު ނަޖާ
Aug 27, 2025, 06:48 PM

ލޯކަލް ކައުންސިލް އިންތިޚާބަށް ވޯޓު ހޯދުމަށް މުއިއްޒު މިހާރު ހދ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އަންގާރަ ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފް ދެެއްކެވި ވާހަކަ ރައީސް އޮފީހުގެ ވީޑިޔޯ އިން އުނިކޮށްފިއެވެ.

Advertisement

ޖަލްސާގައި އާތިފް ވަނީ ދާދިފަހުން ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި ބަދަލަކީ ކަންބޮޑުވާކަމެއްކަމަށް ފާހަގަކޮށް އަދި ތަރައްގީގެ ކަންކަމަށް ސަރުކާރުގެ ސަބަބުން އެޅެމުންދާ ހުރަސްތަކުގެ މައްޗަށް ވަރަށް ދިގުކޮށް ވާހަކަ ދައްކަވާފައެވެ.

އެވަގުތު އާތިފް ދެއްކެވި ވާހަކަ ދައުލަތުގެ މީޑިޔާއިންނާއި ރައީސް އޮފީހުގެ މީސްމީޑިޔާ އެކައުންޓުތަކުން ލައިވް ވެސް ކުރިއެވެ.

އެހެންނަމަވެސް މިހާރު ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލްގައި ހިމެނޭ ރޭގެ ޖަލްސާގެ ވީޑިއޯއިން މޭޔަރު އާތިފްގެ ވާހަކަ އެއްކޮށް ވަނީ އުނިކޮށްފައެވެ. 

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި ބަދަލުތަކާއި ގުޅިގެން މުއިއްޒު ކޮންމެ ރަށަކަށް ވަޑައިގެންނެވާއިރު އެ ރަށްރަށުގެ ކައުންސިލްތަކުން އަންނަނީ ގާނޫނޫ އިސްލާހުކުރުމަށް ގޮވާލާ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved