March 20, 2026
Advertisement
ރައީސް ޑރ. މުހައްމަދު މުއިއްޒު، ހދ. ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާ.--
ރައީސް ޑރ. މުހައްމަދު މުއިއްޒު، ހދ. ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާ.-- / ރައީސް އޮފިސް

ކުޅުދުއްފުށީގެ 400 ހައުސިން ޔުނިޓްގެ މަޝްރޫއު އޮތީ ހުއްޓިފަ: ސަރުކާރު

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 29, 2025, 06:20 PM
މާލެ ސިޓީ

ކުޅުދުއްފުށި ސިޓީގައި މި ސަރުކާރުން އަޅަން ހަވާލުކޮށްފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް، ކޮންޓްރެކްޓަރު ކުރިއަށްނުގެންދާތީ، އެ މަސައްކަތަށް މިހާރު ހުއްޓިފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ.

Advertisement

ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ އާ ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށެވެ. ކޮންޓްރެކްޓަރ މަސައްކަތް ހުއްޓާލާފައި އޮތީ ދައުލަތުން ފައިސާ ނުދީގެން ކަމަށް ރަށުތެރޭގައިވަނީ އަޑު ފެތުރިފަ އެވެ.

ގާތްގަނޑަކަށް 13،000 މީހުންގެ އާބާދީއެއް އޮންނަ ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތްތައް ފެށީ 2023 ވަނަ އަހަރު މެއި މަހު އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗާ ކުންފުނި، ޓުވެންޓީ ތާޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާ އެވެ.

ކުޅުދުއްފުށީގައި އިތުރު 1،000 ހައުސިން ޔުނިޓް އިމާރާތްކުރުމަށް އެއްބަސްވުމުގައި ސޮއިކުރީ 2023 ވަނަ އަހަރު އޮގަސްޓް މަހުގަ އެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އިން ހިންގާ އެ މަޝްރޫއުގެ މަސައްކަތް ހަވާކޮށްފައި ވަނީ އެމެރިކާގެ ސްޓްރަކްޗުރަލް އަންލިމިޓެޑް ކޮންސްޓްރަކްޝަން (އީޕީސީ) އާ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved