March 19, 2026
Advertisement
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް "އިންޑިޔާ އައުޓް" ކެމްޕެއިން ހަރަކާތް ކުރިޔަށް ގެންދަނީ
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް "އިންޑިޔާ އައުޓް" ކެމްޕެއިން ހަރަކާތް ކުރިޔަށް ގެންދަނީ

"އިންޑިއާ އައުޓް" ހަރަކާތާ ހެދި ޓީޗަރުންތަކެއް ރާއްޖެ ދޫކޮށްފައި ނުދެ: އެޑިޔުކޭޝަން މިނިސްޓަރ

Aishath Naja
އައިޝަތު ނަޖާ
Mar 20, 2024, 01:27 AM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ ރާއްޖޭގައި ހިންގި އިންޑިޔާ އައުޓް ކެމްޕެއިންގެ ސަބަބުން އިންޑިޔާގެ ޓީޗަރުންތަކެއް ރާއްޖެ ދޫކޮށްފައި ދިޔަ ވާހަކައަކީ ދޮގެއްކަން ހާމަވެއްޖެއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ ސްކޫލްތަކުގައި ޓީޗަރުން މަދުވުމުގެ "ކްރައިސިސްއެއް" ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ ޓީޗަރަކު ހިނގައްޖެ ނަމަ މަދު ހަފުތާތަކަށް ދަތިކަން އައިސްދާނެ ކަމަށާއި ރާއްޖެއަށް އަންނަ ބޭރު ޓީޗަރުން ބައެއް ފަހަރު ވަަރަށް އަވަހަށް ވެސް ވަކިވާ ކަމަށެވެ.

މިނިސްޓަރު މިފަދައިން ވާހަކަ ދެއްކެވީ އިންޑިއާ އައުޓް ސިޔާސަތުގެ ތެރެއިން ވަރަށް ގިނަ ޓީޗަރުން ރާއްޖެެއިން ފުރައިގެން ހިނގައްޖެ ކަމަށް ވިދާޅުވެ، ފުނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝާހިދު ސުވާލު ކުރެއްވުމުންނެވެ.

އިންޑިޔާގެ ސިފައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްވެފައި ތިބުމުން ރައީސް ޔާމީން އިސްވެ ހުންނަވާ ހިންގެވި ކެމްޕެއިންގެ ސަބަބުން އެމްޑީޕީމން ވަނީ މިފަދަ ދޮގު ޚަބަރުތަކެއް ފަތުރާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved